އިސްރާއީލުން ޝަހީދު ކޮށްލި, ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔޭގެ މައްޗަށް, ރާއްޖޭގައި މާދަމާގެ ހުކުރު ނަމާދަށްފަހު ޢައިބުގައި ކަށު ނަމާދު ކުރުމަށް މުއިއްޒު ދެކޮޅު ހައްދަވައިފި!

އިސްރާއީލުން ޝަހީދު ކޮށްލާފައިވާ, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއިލް ހަނިއްޔޭގެ މައްޗަށް ރާއްޖޭގައި މާދަމާ, ޢައިބުގައި ކަށުނަމާދު ކުރުމަށް ގިނަ ބަޔަku އެދެމުންދިޔަ ނަމަވެސް, މުއިއްޒު އެކަމަށް ދެކޮޅު ހައްދަވައިފިއެވެ.
އިސްރާއީލުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދުކޮށްލެވުނު ހަނިއްޔާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު (މާދަމާ) ގަތަރުގައެވެ. ހަނިއްޔާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ، އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުއެވެ. އަދި ހަނިއްޔާ ފަސްތާނުލުމަށް ހަމަޖެހިފައިވަނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނުގައި ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.
އިރާނުގެ އާ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިތުމަށްޓަކާ އެގައުމަށް އިސްލާއިލް ހާނިޔެ ވަޑައިގެން ހުންނެވި ގެކޮޅަށް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ޝަހީދު ކޮށްލާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުން ދަނީ އިސްރާއީލުގެ މި އަނިޔާވެރި އަމަލު ކުށްވެރި ކުރަމުންނެވެ.
ހަމައެއާއެކު ރާއްޖޭގެ ދީނީ އިލްމުވެރިޔާ, ޑރ އިޔާޒް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވާނީ ރާއްޖޭގައިވެސް ހަމާސްގެ ލީޑަރުގެ ޢައިބުގައި ކަށުނަމާދު ކުރުމަށް ގޮވާލައްވާފައެވެ. އިޔާޒް ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ޣައިބަށް ކަށުނަމާދު ކުރަމުން ގެންދާ ކަމަށެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލުމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި އިސްމާއިލް ހަނިއްޔޭގެ މައްޗަށް ޢައިބުގައި ކަށުނަމާދު ކުރުމަށް މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައި ކަމުގައެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ހުޅަނގުގެ ގައުމުތަކާއި އަދި ޚާއްސަކޮށް އެމެރިކާގެ ނުރުހުން މި ސަރުކާރަށް އަމާޒުވެގެން ހިގައިދާނެކަމަށް މުއިއްޒުއަށް ހީކުރެއްވުމެވެ.
ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި, ފަލަސްތީނުގެ މިނިވަންކަމަށްޓަކާ ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ އިސްމާއިލް ހާނިޔެ, ޔަހޫދީ ދައުލަތުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދު ކޮށްލިތާ ދެ ދުވަސްފަހުން, އޭނާ ޝަހީދު ކޮށްލުން ސަރުކާރުން ވަނީ ކުށްވެރި ކޮށްފައެވެ.
އެކަން ހާމަ ކޮށްފައިވަނީ, ފަލަސްތީނުގެ ހައްގު ހޯދުމަކަމަށް ވިދާޅުވެ, ފަލަސްތީނާއި ގުޅުންހުރި ހުރިހާ ކަމެއްގައި އެންމެ ފުރަތަމަ ކުރެޑިޓް ނެގުމަށް މުއިއްޒު ފާއުތުވެދިޔަ ތަނުގައި ޓުވީޓު ކުރައްވަމުން ގެންދެވި ނަމަވެސް, ފަލަސްތީނުގެ ހައްގުވައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އަނިޔާވެރިކޮށް އަވަހާރަކޮށްލުން ކުށްވެރިކޮށް މިއަދާއި ހަމައަށްވެސް ޓުވީޓު ކޮށްފައި ނުވާތީއެވެ.
އިސްމާއިލް ހަނިއްޔާ ޝަހީދު ކުރުން މިސަރުކާރުން ކުށްވެރި ކޮށްފައިވަނީ, އޭނާގެ ޖަނާޒާވެސް ބޭއްވި ފަހުންނެވެ. އަދި އިސްމާއިލް ހައްނިއްޔާ ޝަހީދު ކޮށްލުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އިސްރާއީލުގެ ނަންވެސް ގެނެސްފައެއް ނުވެއެވެ.
އިރާނުގެ އާ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިތުމަށްޓަކާ އެގައުމަށް އިސްލާއިލް ހާނިޔެ ވަޑައިގެން ހުންނެވި ގެކޮޅަށް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ޝަހީދު ކޮށްލާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުން ދަނީ އިސްރާއީލުގެ މި އަނިޔާވެރި އަމަލު ކުށްވެރި ކުރަމުންނެވެ.
އެހެންނަމަވެސް ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު ޝަހީދު ކޮށްލި އަނިޔާވެރި މިހަމަލާ މުއިއްޒުވެސް ކުށްވެރި ކޮށްފައި ނުވާއިރު މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް އިސްރާއީލުގެ މި އަނިޔާވެރި އުދުވާން ކުށްވެރި ކޮށްފައެއް ނުވެއެވެ.
މިސަރުކާރުން އިސްރާއީލުގެ މިފަދަ އުދުވާންތައް ކުށްވެރި ކުރަމުން ނުދާތާގައި, މުއިއްޒު ގެންދަވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކުން ފަސްތަރީގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.
އަދި ފާއިތުވި މޭމަހު, އިސްރާއީލުގެ ޕާސްޕޯޓުތައް ރާއްޖެއަށް މަނާކުރުމަށް ނިންމުމަށްފަހުވެސް ހުޅަނގުގެ ގައުމުތަކަށް ބިރުން, މުއިއްޒުވަނީ އަމިއްލަފުޅު ކެބިނެޓުން ނިންމި ނިންމުންވެސް ތަންފީޒުކުރުމަށް ފަސްޖެހިގައެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭނެކަމަށް ބުނެ ހަމައެކަނި ޓުވީޓު ކުރައްވާ ވެރިއެއްގެ ގޮތުގައެވެ. އަދި ޓުވީޓު ކުރެއްވުމަށްފަހު, މުއިއްޒު ގެންދަވަނީ މުނާފިގުކަމުގެ ސިފަ ދައްކަވާ, އިސްރާއީލުގެ ގާތިލުން އަތުން ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެގައުމުގެ ވެރީންނާއި އަނިޔާވެރި ސައިފައިނަށްވެސް ރާއްޖޭގެ ގޮނޑުދޮށްތަކުގައި ހިންއުފާ ކުރުމުގެ ފުރުސަތު ފަހިކޮށް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ