ރިޓަޔަރޑް ސިފައިން މުއިއްޒުދެކެ ރަތަށް!

ސިފައިންނަކީ ގައުމީ ހިދުމަތުގައި ދެވަނައެއް ނެތް ބައެކެވެ. ގައުމީ ސަލާމަތީ ބާރެވެ. ވެރިކަމެއް ދެމިއޮންނަނީ ދިފާއީ ބަރަކާއެކުގައެވެ. ގުދުރަތީ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ކޮންމެ ހާލަތެއްގައި ސަރުކާރާއި ރައްޔިތުންގެ އައްޑަނައަކީ ސިފައިންނެވެ. 
ސިފައިންގެ ހިދުމަތިގައި ވިހިތިރީސް އަހަރު ހިދުމަތްކުރުމަށް ފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ސިފައިންނަކީ ގައުމުގެ ވަރަށް މަތިވެރި ރައުސުލްމާލެކެވެ. ރިޓަޔަރޑް ސިފައިންގެ މީހާއަކީ ހިދުމަތަށް ގޮވާލެވޭލެވޭ ކޮންމެ ހާލަތެއްގައި ގައުމުގެ ދިފާއުގައި ނިކުންނަށް ތައްޔާރަށް ތިބޭބައެކެވެ. 
ދުނިޔޭގެ ހުރިހާތަނެއްގައިވެސް ރިޓޔަރޑް ސިފައިންނަކީ ވަރަށްވެސް ޝަރަފުވެރި ބައެކެވެ. އަބުރުވެރި އަމިއްލަ މަސައްކަތާއި ގައުމީ ހިދުމަތުގައި ފަންނީ މަސައްކަތް ރިޓަޔަރޑް ސިފައިން ކޮށްއުޅެއެވެ. އެމީހުންނަކީ ސިފައިންގެއިން ރިޓަޔަރ ކުރުމަށްފަހު ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް އާއްމުކޮށް އެހެނިހެން ވަޒީފާ އަދާކުރަ ބައެއް ނޫނެވެ.  
ރާއްޖޭގައި އެކަން އޮންނަނީ އެހެނެއް ނޫނެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެން ތައުލީމާއި ތަމްރީނު ދީފައި ހުންނަ ސިފައިންގެ މީހާ ޝަރަފްވެރި ކަމާއެކު މަގާމުން ގިނައިން ވަކިކޮށްލަނީ ސަމަންތަރު ހެޔޮ ހަށިހެޔޮ ޒުވާން އުމުރުގައެވެ. ފުރިހަމަ ސިއްހަތުގައި ހަކަތަ ހުއްޓައެވެ. އޭރު ގިނަ މީހުންގެ ދަރިން ބޮޑަށްޗެއް ނުވާނެއެވެ. ރިޔަމަންޓްގެ ގޮތުގައި ލިބޭ އެއްޗަކުން އުމުރުގެ ބާކީ ބައިގައި ޝަރަފުވެރި އުޅުމެއް އުލެވޭ ވަރެއް ނުވެއެވެ. އެހެން ކަމުން ރިޓަޔަރޑް ސިފައިންނަކީ ރާއްޖޭގައި ގަން ހިނގަ ހިނގާ ތިބެން ޖެހިފައިވާ ބައެކެވެ. ޝަރަފްވެރި ނަމަކަށެވެ.
އަނެއްކޮޅުން ރިޓަޔަރޑް ސިފައިންނާމެދު ސަރުކާރުން ކަންކުރަނީވެސް އަމަލު ކުރަން އޮންނަ އުސޫލާއި ހަމައަކުންނޫނެވެ. އެކުލަވާލާ އަމަލުކުރަން އޮންނަ ގަވައިދާއެއް އެއްގޮތަށް ވެސް އަމަލެއް ނުކުރެއެވެ. ސަރުކާރުން އަމަލު ކުރަނީ ހިތުހުރި ގޮތަކަށެވެ.
ސިފައިންގެ ރިޓަޔަރނަމްޓް ގަވައިދު ބުނަނީ މުއައްޒަފަކު ރިޓަޔަރ ކުރާއިރު ހުންނަ ރޭންކްގެ އަސާސީ މުސާރަ ބޮޑުކޮށްފިނަމަ ރިޓަޔަރ ކުރުމަށް ފަހުވެސް މަހުން މަހަށްދޭ ރިޓަރމަންޓް ފައިސާ ދޭންވާނީ ރޭންކަށް ބޮޑުކުރި މުސާރައިން ހިސާބު ހަދައިގެން ކަމަށެވެ. އެހެން ނަމަވެސް ރިޓަޔަރޑް ސިފައިންނާމެދު ރައީސް މުއިއްޒު ސަރުކާރުން އަމަލު ކުރަނީ އެހެނަކުންނޫނެވެ.
ރައީސް މުއިއްޒު ވެރިކަމަށް އެރިފަހުން ސިފައިންގެ މުސާރަ ބޮޑުކޮށްފިއެވެ. އެހެން ނަމަވެސް ރިޓަޔަރޑް ސިފައިންގެ ރިޓަޔަރމަންޓަކަށް އެބަދަލެއް ނާދެއެވެ. ރިޓޔަރމަންޓްގެ ގަވައިދުގައި އޮތް އެއްޗެއް ބެލުމަކަށް ބޭނުމެއް ނުވެއެވެ. ސިޔާސީގޮތުން މޮޅު ހޯދުމަށް މުއިއްޒު އެޅި ފިޔަވަޅުން ހުރިހާ ރިޓަޔަޑް ސިފައިން ތިބީ ރަތަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ