ކުރިން ދެއްކީ ސަރުކާރު ޖަވާބުދާރީކުރުވާ ވާހަކަ- ކެތްނުކުރެވިގެން މިހާރު ދައްކަނީ ރައްޔިތުން އިންތިޚާބުކުރި ވެރިކަން ވައްޓާލާ ވާހަކަ: ރައީސް ޑރ. މުޢިއްޒު

އެހެންނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގަ ކޮން ވާހަކައެއްތޯ ދައްކަވަނީ؟ ތިބޭފުޅުން ރާއްޖޭގެ ރައްޔިތުން ބޮޑު އަޤްލަބިއްޔަތަކުން ކުރީގަ ދިޔަ މިސްރާބު ކަމު ނުގޮސްގެން ދިވެހިންގެ އަތްމައްޗަށް ރާއްޖޭގެ މިސްރާބު ގެނެއްސަ އޮއްވަ، އެކަން ކުރަން ފަށާފަ އޮތް ސަރުކާރެއް، އެކިކަހަލ ހަމަނުޖެހުމުގެ ތެރެއިން ބަދަލު ކުރުމާއި އަޒުލު ކުރުމާއި މިކަހަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު އެބޭފުޅުންނަށް ކެއް ނުވެގެން އިންތިޚާބު ކައިރިވާން ފެށީމަ ފާޅުގަ ސާފުކޮށް ވިދާޅުވާން ވެސް ފެށީ ނޫންތޯ. އޭގެ ކުރިން ވިދާޅުވީ ޖަވާބުދާރީ ކުރުވާ ވާހަކަ. ރަނގަޅު، ޖަވާބުދާރީ ކުރުވަން ޖެހޭނެ. އެކަމް ޖަވާބުދާރީގެ އެ ލަފްޒް އެބޭފުޅުން މާނަކުރަނީ އެ ސަރުކާރު ވައްޓާލުން، ސަރުކާރު ބަދަލުކުރުން. ޤާނޫނީ ހަމަތަކު މަތިން 5 އަހަރުން 5 އަހަރު ވޯޓުލައިގެން ސަރުކާރު ބަދަލުކުރެވޭނެ. އަޅުގަނޑާ ރައްޔިތުން ހަވާލު ކުރީ ޒިންމާއެއް. 5 އަހަރުތެރޭގަ މަސައްކަތް ތަކެއް ކުރަން. މި 5 އަހަރު ތެރޭގަ އަޅުގަނޑުމެ ހުރިހާވެސް އަމާޒެއް މި ހުރީ އަޅުގަނޑު ވަޢުދުވީ ހުރިހާ ކަމެއް ކުރަން. ޤާނޫނުން އުޅުގަނޑަށް ލާޒިމްކޮށްފަހުރި ޒިންމާތައް އަދާކުރަން. އެ ޒިންމާތައް އަދާ ކުރެވޭނެކަމުގެ ފުރިހަމަ  ޔަޤީންކަން އަޅުގަނޑަށް އެބައޮތް އިރާދުކުރެއްވިއްޔާ. އިރާދުކުރެއްވިއްޔާ އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އަޅުގަނޑު ފުއްދާނަން. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގަ. މި އިންތިޚާބުގަ ރައްޔިތިން ފުރިހަމަ ތާޢީދެއް އަޅުގަނޑަށް، މި ސަރުކާރަށް ދޭނެކަން އަޅުގަނޑު ޔަޤީން ކުރަން. ދީގެން މި 5 އަހަރު ވެގެން ދާނީ ރައްޔިތުން ކޮންމެ ބޭފުޅަކުވެސް ފަޚުރުވެރިވާ ފަދަ 5 އަހަރަކަށް ކަން އަޅުގަނޑު ޔަޤީންކަން ދެން ތިބެފުޅުންނަށް.  
އެޔައް ހުރަސްއަޅާ، ހަމަނުޖެހުން ޤާއިމްކޮށް، އަޅުގަނޑުމެން ޤައުމުގަ އަބަދާ އަބަދު ކުރީގަ އޮތް ބަދަލު ހިފުމުގެ ރޫޙު އަލުން އިޔާދަކޮށް އެ ނޭޢްޤާނީ ސިފަތަކުގެ ތެރޭގައި އަޅުގަނޑުމެން ތާށި ކޮށްގެން އަޅުގަނޑުމެންގެ މުސްތަޤްބަލް ބަނަކޮށްލާކަށެއް ފުރުޞަތު ދޭނެކަމެއް ނެތް. އެއީކީއެއް ނޫން އަޅުގަނޑުމެންގެ ޤައުމަށް ޙައްޤު މިންވަރަކީ. އަބަދަކު ދެތިންމީހަކު ބޭނުންވާހާ ގޮތަކަށެއް ނޫން އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަން ކުރަން ދީލާލާން ޖެހޭނީކީ އެއް. އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލް، އަޅުގަނޑުމެން އަބަދުވެސް ޚިޔާލީ ދުނިޔެއެއްގަ ވިޝްކޮށްލަ ކޮށްލާ އޮންނަންވާ ކަމަކަށް ހަދައިގެން ނުވާނެ. ޙާގީގީ މާނައިގައި އެކުދިންނަށް، އެ ދަރިންނަށް މުސްތަޤަބަލެއް ގެނެސްދީ ޙަޤީގަތުގަ އުފާވެރިކަން ގެނެސްދިނުމުގެ ވިސްނުން އަޅުގަނޑުމެން ހުންނަންޖެހޭނީ. އެ ޢަޒުމުގަ މި ސަރުކާރު މި އޮތީ. އެމަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް.  
އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވީ އިރުގަ އިޤްތިޞާދު  އޮތީ ކޮންފަދަ އަނދަވަޅެއްގަތޯ؟ މިހާރު އޮތީ ރަނގަޅު މަގުން ދަނީ. ހުރިހާ ކަމެއްވެސް ރަނގަޅު މަގުން އެދަނީ. އެހެންވީމަ، ޤައުމަށް ހަމަޖެހުން ގެނައުމަށްޓަކާ އަޅުގަނޑުމެން ވޯޓް ދޭންވީ. ހަމަ އެއާއެކީގަ ޤައުމުގެ މިނިވަންކަން ރައްކާތެރި ކުރުމަށްޓަކާ، ޖުމްލަ މާނައިގައި ރައްކާތެރިކަން ގެނައުމަށްޓަކާ. މިނިވަންކަމުގެ ރައްކަތެރިކަން އެންމެ މުހިއްމު ރައްކާތެރި ކަމަކީ. އަޅުގަނޑުމެންގެ އަތުން އޮތީ އަޅުގަނޑުމެންގެ މިނިވަންކަން ހުރިހާ މާނައެއްގަ ބީވެގެން ގޮސްފަ. އޮވެގެން ރައްޔިތން ނިންމެވީ، އެޔެއް ނޫނޭ މި ޤައުމުގެ މިސްރާބަކަށް ވާންވީ. އެ މިސްރާބު ގޯސްވެގެން ދިވެހީންގެ އަތްމަށްޗަށް، ޕްރޯ މޯލްޑިވްސް ވިސްނުމުގެ މައްޗަށް، ދިވެހިންނަށް އިސްކަންދޭނެ ސިޔާސަތު އިސްކުރާނެ ސަރުކާރެއް ގެނައުމަށް ނިންމާ، ދިވެހީންގެ ރާއްޖެއެއް ޤާއިމް ކުރަން ނިންމީ. އޭގެ ނަތީޖާ، މި ޤައުމުން ބޭރު ސިފައިން ބޭލުމުގެ މަސެއްކަތް ބާރު ސްޕީޑުގައި އެދަނީ. އަޅުގަނޑުމެންގެ އަތްމައްޗަށް ހުރިހާ ކަމެއް އިރާދކުރެއްވީތީ މި ޤައުމުގެ ހުރިހާކަމެއް އަމިއްލައަށް ބެލެހެއްޓޭނެ ފެންވަރު ޤާއިމް ކުރަމުން މިދަނީ ހުރިހާކަމެއް.  
އެހެންމަ، މި ރައްކާތެރިކަން އަޅުގަނޑުމެންނަށް އިހްސާސް މިހާރުވެސް ވާން ފަށާފަމިވަނީ. އެހެންމަ މި ކަންކަން ކުރިއަށް ގެންގޮސް، އެއީ ކާބޯތަކެތީގެ ރައްކާތެރިކަން ވިއަސް، އެއީ ކްރައިމް ރޭޓު ކުޑަކޮށްގެން ގޮސް، އަޅުގަނޑުމެން  މުޖުތަމައުގަ ހަމަޖެހުން ޤާއިމް ކުރެވިގެން، މި ހުރިހާ ކަމެއް މީ ގުޅި ލާމެހިފަ ހުރި ކަންކަން. ގެދޮރުވެރިކަމާ އެންމެ ބޮޑަށް ގުޅި ލާމެހިފަ އޮތީ. ރައްކާތެރިކަން ގެނައުމަށް، އިޖްތިމާއީ ރައްކާތެރިކަން ގެނައުމަށް. 
އެހެންމަ، މި ރައްކަތެރިކަން ގެނައުމަށްޓަކާ ފައްށާފަ މިހިރަ ވަޢުދުވެފައިވާ ކަންކަން، މެނިފެސްޓޯގަ ހިމަނައިގެނަ، ޕްލޭން ކުރެވިގެން، ތަރުތީބު ކުރެވިގެން ފަށާފަ މިހިރަ ކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުންކޮޅެއް މަޖްލީހަށް ވައްދަންވީ. އޭރުން މި ޤައުމުގަ ރައްކާތެރިކަން ޔަޤީންވާނީ. އެހެންވީމަ 3މި  ކަންތައް، މި 3 ކަންތައް ތަރައްޤީ ޔަޤީންކުރަން، ޤައުމުގަ ހަމަޖެހުން ޤާއިމް ކުރުމަށް، ޤައުމުގަ ރައްކާތެރިކަން ކަށަވަރު ކުރުމަށް. މި ތިން ކަންތައް ކުރުމަށް އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ވޯޓުދިނީމަ އިރާދުކުރެއްވިއްޔާ ، އަޅުގަނޑު ޔަޤީންކަން މި ދެނީ މި 3 ކަންތައް މި ޤައުމުގަ ޔަޤީންކަމާ އެކީގަ ހަމަޖެހިގެން  ދާނެ ކަމަށް. އެހެންވީމަ ވަޤުތު ބޭކާރު ކޮށްލާނެ ކަމެއްނަތް. 
- --ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ