ރައީސް އަޒުލްކުރުމުގެ މައްސަލަ އެމްޑީޕީ ޕީޖީއަށް ހުށަހަޅާނަން: މެމްބަރު ޝިފާއު

ރައީސް ޑރ.މުހައްމަދު މުއިއްޒު އަޒުލްކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރާނެ އުސޫލު ބަޔާން ކުރާ މަޖިލީހުގެ ގަވާއިދުގެ މާއްދާތަކަށް އިސްލާހުތައް ގެނެސް ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޝިފާއު ވިދާޅުވީ، މަޖިލީހުން މިވަގުތު ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ.މުއިއްޒު އަޒުލް ކުރެއްވުމުގެ މަސައްކަތް ކަމަށެވެ.
މި ވެރިކަމަކީ ގާނޫނީ ހުކޫމަތެއް އޮތް ވެރިކަމެއް ނޫންކަން ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ، ރައީސް ޑރ.މުއިއްޒު މަގާމުގައި އެންމެ 24 ގަޑިއިރަށް ވެސް ބަހައްޓަން ރައްޔިތުން މިއަދު ބޭނުން ނުވާ ކަމަށެވެ. އަދި ޝިފާއު ވަނީ ޝަރުއީ ދާއިރާ އަށް ވެސް ރައީސް ޑރ.މުއިއްޒު ނުފޫޒު ފޯރުވަމުންގެންދަވާ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ހުއްޓުވަމުންގެންދާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ