ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި މއ. ނައިޓްވިލާ/ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
ޒަރީރަށް ހަމަލާ ދިނީ މެއި 1ގެ މެންދަމުގެ ވަގުތެއްގައި މާލެ، “ހަބީބީ” ކެފޭތެރޭގައި އިންދަ އެވެ.
އެ މައްސަލައިގައި ގައްބަރޭގެ މައްޗަށް ކޮށްފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރި އެ ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް 10 އަހަރާއި 15 އަހަދާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލައިގައި ދެން ހިމެނޭ މ. ތާޖް/ މުލާން މުހައްމަދާއި ތ. ކިނބިދޫ/ ދީފުރަމްގެ، އަހުމަދު އައުޝަމްގެ މައްޗަށް ކުރީ ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ގައްބަރޭގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ