ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު؛ ސިވިލް ކޯޓުގެ އިސް ގާޒީއަކަށް މަރްޔަމް ހަމަޖައްސައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެ ކޯޓު ހިންގުވުމާ ވަގުތީ ގޮތުން ހަވާލުުވެ ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ގާޒީއަކަށް އެ ކޯޓުގެ ގާޒީ މަރްޔަމް ވަހީދު ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ މަގާމަށް ބޭފުޅުން ހަމަޖެއްސީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށެވެ.
ތަފްސީލު - ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހާތިފް ހިލްމީ މިދިޔަ އަހަރު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އެ ފަހުން އެ ކޯޓު ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައި ވަނީ މިއަދު ރަސްމީ ގޮތުން އެ ކޯޓް ހިންގަން ހަވާލުކޮށްފައިވާ ފަނޑިޔާރު ހުސައިން ޝަހީދުއާ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީކަން ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް މިދިޔަ މަހު އަވަހާރާވުމާ ގުޅިގެންނެ އެވެ.
މާސްޓާސް އިން ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީން ހާސިލްކޮށްފައި ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން؛ އެތަނުން ބެޗްލާސް ޑިގްރީން ޝަރީއާ އެންޑް ލޯވެސް ހާސިލްކުރި 
ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 2014ގައި؛ އޭގެ ފަހުން ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި  
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައި ވަނީ ޖުލައި 2018ގައި
މާސްޓާސް އޮފް ޝަރީއާ ހާސިލްކޮށްފައި ވަނީ ވިލާ ކޮލެޖުން؛ މޯލްޑިވްސް ނޭޝަން ޔުނިވާސިޓީން ބެޗްލާސް ޑީގްރީ އެ ދާއިރާއިން ހާސިލް ކުރި
ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، ޖެނުއަރީ 2013ގައި؛ އޭގެ ފަހުން، ކ.ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައިވޭ
ސިވިލް ކޯޓުގެ ގާޒީއަކަށް އައްޔަންކޮށްފައި ވަނީ އެޕްރީލް 2016ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ