މަސްކިރައިގެން 1.5 މިލިއަން ރުފިޔާ އެއްދުވަހުން ހޯދާ ކޮންކޯޑް ދޯނި ތާރީހުގެ ތެރެއަށް!

މަސް ކިރައިގެން އެއް ދުވަހުން 1.5 މިލިއަން ރުފިޔާ ހޯދާ މަރަދޫ "ކޮންކޯރޑް 2" ދޯނި ރިކޯޑު ހަދައިފި އެވެ. 
މި ރިކޯޑު ކޮންކޯރޑް ދޯނިން ހަދާފައިވަނީ މަސްކިލޯއެއްގެ އަގު 25 ރުފިޔާއަށް މިފްކޯއިން ހަމަޖެއްސި ފަހުންނެވެ. އެ ދޯނިން ވަނީ 60005 ކިލޯގެ މަސް ކިރާފަ އެވެ. 
ކޮންކޯރޑް ދޯނިން ކިރި މަހަށް ދިން ބިލު ކަރުދާސްކޮޅު 
މަސްވެރިން ބާނާ މަހަށް ހަމަ އަގު ދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް ދައުރު ނިމެން ދެތިން މަހާއި ހަމަޔަށް އެ އަގު ކަނޑައަޅާފައެއް ނުވެއެވެ. 
ސެޕްޓެމްބަރު މަހާއި ހަމަޔަށް މިފްކޯއިން މަސް ކިލޯއެއް ގަންނަމުން އައިސްފައިވަނީ 17 ރުފިޔާއަށެވެ. 
މަސްވެރިން ބާނާ މަހަށް ހަމަ އަގު ކަނޑައެޅުމަށް ގޮވާލާ މަސްވެރިން އެތއް މުޒާހަރާއެއް ވެސް ކޮށްފައިވެއެވެ. 
ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރަން ނިންމީ އީޔޫއާއި އިނގިރޭސި ވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލަން ނިންމުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ