އެމްއާރްއެމް ގެ ރައީސް ފާރިސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިިއެވެ.
އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށާއިހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހަށް ކުރިމަތިލައްވަނީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"ކުރިއަށް އޮތް އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް، މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު ކުރިމަތިލުމަށް ގަސްދު ކުރާ ވާހަކަ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކާ ދެންނެވިން،" ފާރިސް ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ގޮނޑިއަށް ވާދަކުރައްވަނީ އެމްއާރްއެމް ގެ ސްލޮޓެއްގައި ކަމެއް ނުވަތަ އަމިއްލަގޮތުން ކަމެއް އަދިވިދާޅެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ އިންތިހާބުގައި ވެސް ފާރިސް ވަނީ މައްޗަންގޯޅީ އުތުރު ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިހާބުން ފާރިސް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރަޝީދެވެ.
ފާރިސް ވަނީ މީގެ ކުރިން މަޖިލީހުގެ ދިއްގަރު ދާއިރާއަށް އިންތިހާބުވެވަޑައިގެން މަޖިލީހުގައި އެއް ދައުރު ފުރިހަމަ ކުރައްވައިފައެވެ. އެއީ 18 ވަނަ މަޖިލީހުގައެވެ. މަޖިލީހަށް އިންތިހާބުވެޑައިގަތުމުގެ ކުރިން ފާރިސް ވަނީ 2013 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރައްވައިފައެވެ.
ފާރިސް މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ