ގއ. ގެމަނަފުށީ އޯޝަން ރީޑް، ޢާއިޝަތު ލަޠީފާގެ މައްޗަށް ގެމަނަފުށީ މެޖިސްޓްރީ ކޯޓުން އާދީއްތަ ދުވަހު ރަޖަމް ކުރުމަށް ކުރި ޙުކުމް ސްޕްރީމ ކޯޓުން ބާޠިލުކޮށްފިއެވެ.
ސްޕްރީމް ކޯޓުން މިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ޕީޖީ އިން ކޮށްފައިވަނީ ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ޙުކުމްކޮށްފައި ވަނީ ޝަރުއީ މިބާވަތުގެ މައްސަލަތައް ބަލައި ޝަރީއަތް ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ ޝަރުޢީ އަދި ޤާނޫނީ އިޖުރާތުތަކާއި އަދި އުޞޫލުތަކާއިި ޚިލާފަށް ކަމަށްވާތީ ގެމަނަފުށީކޯޓުގެ އެޤަޟިއްޔާ ބާޠިލުކުރީ ކަމަށެވެ.
ހަމައެއާއިއެކު މައްސަލަ އާއި ގުޅުންހުރި ހުރިހައި ލިޔެކިޔުންތަކާއި މައްސަލައިގެ ފައިލް 19 އޮކްޓޯބަރ (މިއަދު) މެންދުރު 12:00 ގެ ކުރިން ސްޕްރީމް ކޯޓަށް ފޮނުވުމަށް ގެމަނަފުށީ މެޖިސޓްރޭޓް ކޯޓުގެ މައްޗަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ގެމަނަފުށީ ކޯޓުން ރަޖަމްކުރަން ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާޠިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ