ބަދު އަޚުލާގީ އަމަލު އާއްމު ތަނެއްގައި ހިންގުމުގެ ކުށުގައި މަދަނީ ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހިލްމީ އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން އަރުވާލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
2009 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިލްމީ އާއި އައިމިނަތު އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރިއިރު ހިލްމީ އަކީ އޭރު މަދަނީ ކޯޓުގެ ގާޒީ އެކެވެ. އޭނާ އެ މައްސަލައިގައި ހައްޔަރު ކުރުމާއެކު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ.
ހުޅުމާލޭ އަތިރިމަތީގައި ބަދު އަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި ހިލްމީ އާއި ސ. ފޭދޫ ހުސްނުހީނާގޭ، އައިމިނަތު އަލީ 15 އެތިފަހަރުން ތައުޒީރު ކުރުމާ އެކު ހަ މަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.އަދި އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ މިހާރު ހިލްމީ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހިލްމީ މިހާރު މަސައްކަތް ކުރައްވަނީ އަމިއްލަ ލޯ ފާމެއްގައެވެ
މަދަނީ ކޯޓުގެ ކުރީގެ ގާޒީ ހިލްމީގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ