އަތޮޅު ތެރެއިން 56 ކޭހާއެކު މިއަދު 103 މީހުން ޕޮޒިޓިވްވެއްޖެ

އަތޮޅުތެރެއިން 56 މީހަކު ހިމެނޭ ގޮތަށް މިއަދު މުޅި ރާއްޖެއިން 103 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 3,815 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 35 މީހެއްގެ އިތުރުން، އަތޮޅުތަކުން 56 މީހަކާއި ރިޒޯޓުތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ. ހަމައެއާއެކު ސަފާރީތަކުން ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 82،578 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 2,102 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 12 މީހަކަށެވެ. މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 80،236 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 227 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ