މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 31 ވާ ބުރާސްފަތި ދުވަހަށް ހަމަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އެގޮތުން ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވުމަށް އެދޭ ކަމަށެވެ. ޚާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރާނެކަމަށާއި އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ. އެ ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުންނެވެ.
އެއީ ޕީއެޗްޑީ ހާސިލް ކުރުމުގައި ފާހަގަ ކުރެވޭ ކާމިޔާބީއެއް ހޯދާފައިވުމާއި، މަތީ ތައުލީމާއި ތަމްރީން ކޯހަކުން އެންމެ މަތީ ވަނަ ހޯދާފައިވާ ފަރާތަކަކެވެ. އަދި ބައިނަލް އަގުވާމީ މަރުކަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދުމުގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލު ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް ނުވަތަ އިލްމީ ދިރާސާއެއްކޮށް  އެކަމުން ފާހަގަ ކުރެވޭ ކާމިޔާބެއް ހާސިލްކޮށްފައިވުމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދޭނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ