‘އިސްލާމިކް ފެއާރ’ އިސްލާމީ މަރުކަޒުގައި ކުރިއަށް އެބަދޭ

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިއްކަފުޅުޖެހި ސިޓީފުޅު‘އިސްލާމިކް ފެއާރ’ އިސްލާމީ މަރުކަޒުގައި ކުރިއަށް އެބަދެއެވެ.އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މިފެއާރއަށް ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރަމުން އެބަގެންދެއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައާއި، ލޮބީ ތެރޭގައި ބާއްވާ މިފެއާރ ހުޅުވިފައި ހުންނާނީ ފެބްރުއަރީ 13، 14 އަދި 15 ވަނަ ދުވަހުގެ ހަވީރު 16:15 އިން ފެށިގެން އިރުއޮއްސި 18:00 ށެވެ. އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ.މިފެއާރގައި ދީނީ ސުވާލުތަކަށް ޖަވާބު ދިނުމާއި، ދީނީ ފޮތްތަކާއި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައިހުރި ތާރީޚީ ޤުރްއާންތަކާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިއްކަފުޅުޖެހި ތިން ސިޓީފުޅަކާއި، އޭގެ ތަރުޖަމާ ބަހައްޓާފައިވެއެވެ. އަދި ފެއާރގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން ފާތިމަތުގެފާނު ތުރުކުރައްވާފައިވާ ހެދުންކޮޅާއި، ރަސޫލާ ގެންގުޅުއްވި ބައެއްތަކެތީގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ