ޖުމްހޫރީ 50 އާ ދިމާކޮށް ޚާއްސަ ފައިސާ ފޮއްޗެއް ނެރެފި
ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިތާ 50 އަހަރާ ދިމާކޮށް ހާއްސަ ފައިސާ ފޮއްޗެއްް ނެރެފި އެވެ. ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވީ 11 ނޮވެމްބަރު 1968 ގައެވެ. މިއަހަރުގެ ގައުމީ އިނާމް ދިނުމަށް ރޭ ޖުމްހޫރީ މައިދާންގައި ބޭއްވި ޖަލްސާގައި އެ ފައިސާ ފޮތި ނެރެދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރުއެވެ. އެމްއެމްއޭ އިން ބުނީ ރޭ ނެރުނު ފައިސާ ފޮތީގެ މޫނުމަތީ އަގަކީ 150 ރުފިޔާ ކަމަށާއި އަދި އޭގައި 950 އައުންސްގެ ރަން ހިމެނޭ ކަމަށެވެ. އަދި ބުނީ އެ ފައިސާ ފޮއްޗަކީ ކޮލިޓީ ޕްރޫފް ފައިސާ ފޮއްޗެއް ކަަމަށާއި އަދި އޭގައި ރަން ޕްލޭޓެއް ވެސް ހިމެނޭ ކަމަށެވެ. MMA has issued a commemorative coin on the occasion of 53rd Independence day of Maldives. pic.twitter.com/HWKZp4cZrA — MMA (@MMA_Maldives) July 27, 2018 ރޭ އިފްތިތާހް ކުރި ފައިސާ ފޮތީގެ ބަރުދަނުގައި 28.28 ގްރާމް ހުރެ އެވެ. އެމްއެމްއޭ އިން ބުނީ އެ ފައިސާ ފޮތި އާންމުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ކަަމަށާއި އަދި އެ ވިއްކާނެ އަގު އަންނަ އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ. ރާއްޖޭގެ މިނިވަން ކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1990 ވަަނަ އަހަރު ވެސް ވަނީ ހަނދާނީ ރަން ފައިސާ ފޮއްޗަކާއި ރިހި ފައިސާ ފޮއްޗެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ