ރައްޔިތުންގެ ފައިސާ އިން ވޯލްޑް ކަޕް ބަލަން ދިއުމުން އެތައް ބަޔަކު ރަތަށް

ނައިރޯބީ (ޖުލައި 13) - ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ކެންޔާގެ ޕާލަމެންޓުގެ 20 މެންބަރަކު ވޯލްޑް ކަޕް ބަލަން ދިޔަ ޚަބަރު ލިބުމާ އެކު އެ ގައުމުގެ އެތައް ބަޔަކު ރުޅިގަދަވެއްޖެ އެވެ.
ކެންޔާގެ ޕާލަމެންޓް މެންބަރުންގެ ޓީމު ރަޝިޔާ އަށް ކުރާ ދެ ހަފުތާގެ ދަތުރުގައި ހަތަރު މެޗު ބަލަން އޮތީ ހަމަޖެހިފަ އެވެ. ސެމީގެ ދެ މެޗު ބަލާފައިވާ އިރު ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު ވެސް އެ ޓީމުން ބަލާނެ އެވެ. އެ ދަތުރަށް ސަރުކާރުގެ ފައިސާ އިން އެތައް ހާސް ޑޮލަރެއް ހޭދަކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ޕާލަމެންޓް މެންބަރުން ވޯލްޑް ކަޕް ބަލަން ގޮސްގެން އުޅޭކަން އެނގުނީ ސްޓޭޑިއަމްގައި ތިބެ އެ މީހުން ނެގި ސެލްފީތައް އަޕްލޯޑް ކުރުމުންނެވެ.
ކެންޔާ ޕާލަމެންޓް މެންބަރުން ކުރިން މަހަކު ނަގަމުން ދިޔަ 10،000 ޑޮލަރު ބޮޑު ކަމަށް ބުނެ އެތައް ބަޔަކު މުޒާހަރާ ކުރަން ފެށުމުން އެ އަދަދު ވަނީ 6،250 ޑޮލަރަށް ކުޑަކޮށްފައި.
ކެންޔާގެ ސްޕޯޓްސް މިނިސްޓަރު ރާޝިދު އީސާ ވިދާޅުވީ އޭނާ ހުއްދަ ދީފައިވާނީ ޕާލަމެންޓުގެ ހަ މެންބަރަކު ވޯލްޑް ކަޕް ބަލަން ދިއުމަށް ކަމަށެވެ. އެއީ އެފަދަ ބޮޑެތި މުބާރާތްތައް އިންތިޒާމް ކުރާ ގޮތުގެ މައުލޫމާތު ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ކެންޔާ މިހާތަނަށް ދުވަހަކު ވެސް ވޯލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެ އެވެ. އަދި ފީފާ ރޭންކިންގައި 2016 ގައުމުގެ ތެރޭން ކެންޔާ އޮތީ 112 ވަނައިގަ އެވެ. ނަމަވެސް ކެންޔާ އަކީ އެތުލެޓިކްސްގައި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ގައުމެވެ. އަދި 2023 ވަނަ އަހަރުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވަން ކެންޔާ އިން ވަނީ ބިޑްކޮށްފަ އެވެ.
ކެންޔާގެ ގިނަ ބަޔަކު ގަބޫލް ކުރަނީ އެވްރެޖް މުސާރަ އަށް މަހަކު 150 ޑޮލަރު ލިބޭ ގައުމެއްގެ ޕާލަމެންޓުގެ ގިނަ މެންބަރުންތަކެއް ވޯލްޑް ކަޕް ބަލަން ދިއުމަކީ ފައިސާގެ ބޮޑު އިސްރާފެއް ކަމަށެވެ.
It is only in kenya where the taxpayers money is used to facilitate 20 MPS in world cup fiesta-Russia. Unfortunately they cannot even attend a local football function to embrace local talent but are busy flaunting their pictures in Russia. Somehow we have been misled #Big4Inaweza— chogo erastus (@ChogoErastus) July 12, 2018
ޕާލަމެންޓް މެންބަރުންތަކެއް ވޯލްޑް ކަޕް ބަލަން ދިއުމުން ގިނައެއްގެ ނުރުހުން ވަނީ އަމާޒުވެފައިކެންޔާގެ ޕާލަމެންޓް މެންބަރުންނަކީ މުޅި ދުނިޔޭގައި ވެސް ނިސްބަތުން އެންމެ ބޮޑު މުސާރަ ނަގާ މެންބަރުންނެވެ. ކެންޔާ ޕާލަމެންޓް މެންބަރުން ކުރިން މަހަކު ނަގަމުން ދިޔަ 10،000 ޑޮލަރު ބޮޑު ކަމަށް ބުނެ އެތައް ބަޔަކު މުޒާހަރާ ކުރަން ފެށުމުން އެ އަދަދު ވަނީ މިދިޔަ އަހަރު 6،250 ޑޮލަރަށް ކުޑަކޮށްފަ އެވެ. މީގެ އިތުރުން ރަސްމީ ދަތުރުތަކުގައި އުޅޭ އިރު ޕާލަމެންޓް މެންބަރުންނަށް ދުވާލަކު 1،000 ޑޮލަރުގެ އެލަވަންސެއް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ