އަސާސީ ހައްޤުތައް ހޯދުމަށް މާފަރު ރައްޔިތުން މުޒާހަރާކުރަނީ
ނ.މާފަރުއަސާސީ ބައެއް ޙައްގުތައް ސަރުކާރުން ފޯރުކޮށްދީފައި ނުވާކަމަށް ބުނެ ނ. މާފަރުގެ ރައްޔިތުން ނުކުމެ އެ ރަށުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދުކޮށް މުޒާހަރާ ކުރަންފަށައިފިއެވެ.މިގޮތުން ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ އާއި، ހެލްތު ޕޯސްޓުގެ އިތުރުން ރަށުގެ ޕްރީ ސްކޫލް އާއި މެޖިސްޓްރޭޓް ކޯޓުވެސް ވަނީ ބަންދު ކޮށްފައެވެ.އެ ރަށުގެ ރައްޔިތުން ބުނާގޮތުގައި ސަރުކާރުން ވަނީ މާފަރުގެ މަތީން މުޅީން ހަނދާން ނައްތާލާފައި ކަމަށާއި މާފަރުގައި އަޅާދޭންބުނި އެއަރޕޯޓްގެ މަސައްކަތް ނުފެށުމާ ބަނދަރާއި ސިއްޙީ ޚިދުމަތާ އެރަށުގެ ސްކޫލްގެ ހާލަތުވެސްވަނީ ވަރަށް ދަށުދަރަޖައެއްގައި ކަމުގައެވެ.މިކަމާ ގުޅިގެން މާފަރު ކައުންސިލް އިދާރާގެ މެންބަރަކު ވިދާޅުވިގޮތުގައި އެ މައްސަލަ ތަކަށް ޒިންމާދާރު ޖަވާބެއް ސަރުކާރުން ދިނުމުގެ ކުރިން މުޒާހަރާ ހުއްޓާނުލާ ކުރިއަށް ގެންދަން ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެން އެންމެންގެ ހައްގުގައި ނިކުމެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ