މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔައީ މައި އިންޖީނަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

މިއަދު މާލޭގެ ބޮޑު ބަޔަކު ކަރަންޓް ކެނޑުމަށްފަހު އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓް ނުދެވޭ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ އިންޖިނިއާ އިބްރާހިމް ރައޫފް މިއަދު ވިދާޅުވީ މެންދުރު 1:45 ހާއިރު މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑިފައިވަނީ މައި އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ކެނޑުނު ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓް ދީފަވާއިރު އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓް ނުދެވޭ ކަމަށެވެ.
ރައޫފް ވިދާޅުވީ މައި އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި 15 ވަރަކަށް މިނިޓްތެރޭ ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މިޙާރު ކަރަންޓް ނުލިބޭ ސަރަހައްދުތަކެއް ރައޫފް ވިދާޅެއް ނުވެއެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގެ ގޭގެ އާއި އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދަތިތަކާ ކުރިމަތިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ