ޕީޖީ އަކު ނެތަސް ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް މައްސަލަތައް ކުރިޔަށް ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ދެންނެވުމެއް މެދުވެރިކޮށް ކްރިމިނަލް ކޯޓުން ބުނީ ޖިނާއީ އަދުލުގެ ނިޒާމް ހިނގަ ހިނގާ އޮތް ގޮތުގެ މަތީން ހިނގުމަކީ ގާނޫނު އަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ގާނޫނުގެ ހުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ "ހާލަތުއް ޝަރޫރާތު" ގެ އުސޫލަށް ރިއާޔަތްކޮށް ކްރިމިނިނަލް ކޯޓަށައި ޖިނާއީ އިހްތިސޯސް ލިބިގެންވާ އެހެން ކޯޓްތަކަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް އެގޮތުގެ މަތީން ކުރިޔަށް ގެންދަން ސުޕްރީމް ކޯޓު އަމުރަކުން ކުރިން އަންގާފައިވާ ކަމަށެވެ.
އަދި ބުނެފައި ވަނީ ފަރުދުންގެ ހައްގުތަކާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އެ އަމުރުގައިވާ ގޮތުގެ މަތީން ކްރިމިނަލް ކޯޓާއި ހަވާލުކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެ ކަން ކަމާބެހޭ އެންމެންހާ އިދާރާތަކަށާއި އާންމުންނަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓްގެ އަމުރާ އެއްގޮތަށް ޝަރީއަތްތައް ހިންގާނެ: ކްރިމިނަލް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ