ސުޕްރީމް ކޯޓުގެ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިންތައް އާންމުކުރަން ފަށައިފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބާއްވާ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފަށައިފިއެވެ. ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުން ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި، އަޑުއެހުންތަކުގެ ރެކޯޑިން އާންމު ކުރަން ފަށާފައިވާކަން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު މުއުތަސިމް އަދުނާން ވަނީ އިއުލާނު ކުރައްވައިފަ އެވެ. އޯޑިއޯ ރެކޯޑިންތައް އާންމުކުރަން ފަށާފައި ވަނީ ސުޕްރީމް ކޯޓުގެ ވެބްސައިޓުގައެވެ. މިރެއިން ފެށިގެން އެ ރެކޯޑިންތައް ފެންނަ ގޮތް މިހާރު ވަނީ ހަދައިފައެވެ. https://twitter.com/SCMaldives/status/1229808538148462593 މިރޭ އުއްތަމަ ފަނޑިޔާރު ވަނީ، ޝަރީއަތްތައް ލައިވްސްޓްރީމްކޮށްގެން ދުރަށް ދެއްކޭ ގޮތަށް ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ގާނޫނަކުން ސިއްރު ކުރަން ލާޒިމު ނުކުރާ، ހުޅުވާލައިގެން ކުރިއަށްގެންދާ އަޑުއެހުންތަކަށް އާންމުންނަށް ވެދެ ނުކުމެވޭ ގޮތަށް ކަންކަން އިންތިޒާމުކުރަންވެސް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑުކޮށް އާންމު ކުރުމަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ކުރި ކަމެއް ނޫނެވެ. ކޯޓުތަކުން ކުރިއަށްގެންދާ އަޑުއެހުންތަކުގެ މައުލޫމާތު ލިބެން ހުންނަނީ އަޑުއެހުމަށް ހާޒިރުވެގެންނެވެ. އެކަމަކު، މިދިޔަ އަހަރު ރާއްޖޭގައި ވަނީ ފުރަތަމަ ފަހަރަށް ޝަރީއަތެއް ލައިވްކޮށް ދުރައްދައްކައިގެން ކުރިއަށް ގެންގޮސްފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ