ސުޕްރީމް ކޯޓާ ހައިކޯޓް އެއް މަސްދުވަހުގެ ރިސެސްއަށް

ސުޕްރިމް ކޯޓާއި، ހައިކޯޓް އެއް މަސް ދުވަހުގެ ރިސެސްއަކަށް ހިނގައްޖެއެވެ.
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓާއި، ހައި ކޯޓު ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.
އެހެންކަމުން މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓާ، ހައިކޯޓު އޮންނާނީ ރިސެސްގައެވެ. މި މުއްދަތުގައި ޝަރީއައްތައް ނުބާއްވާނެއެވެ. ނަމަވެސް މައްސަލަތައް ބަލައިގަތުމާއި، އިދާރީ މަސައްކަތްތައް މި ދެ ކޯޓުގައި ވެސް ކުރިއަށް ދާނެއެވެ.
ސުޕްރީމް ކޯޓާއި، ހައި ކޯޓު ރިސެސްއަށް ގޮސްފައިވާއިރު، އިއްޔެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު ވެސް އޮންނާނީ ރެސެސްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ