ވެރިންނަށް މަރުހަބާ ދެންނެވުމުގައި ސްކޫލް ކުދިން ބައިވެރި ނުކުރަން އެދެފި

ސަރުކާރުގެ ވެރިންނަށް މަރުހަބާ ދެންނެވުމަށް ސްކޫލް ކުދިން ބައިވެރި ނުކުރުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އެދިވަޑައިގެންފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ސްކޫލް ކުދިން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭއްތިއްބުމަކީ އެކުދިންގެ ސިއްހަތަށް ގެއްލުން ލިބޭ ކަމެއް ކަމަށެވެ.
އަދި މިކަމަކީ ކުދިންނާއި ބެލެނިވެރިންގެ ވަގުތު ގެއްލިގެންދާ ކަމެއް ކަމަށެވެ. އެހެންވެ އެފަދަ ކަންކަމަަށް ސްކޫލް ކުދިން ނުނެރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ރާއްޖޭގައި ސަރުކާރުވެރިންނާއި އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ސްކޫލް ކުދިން އަވީގައިލުމަކީ އާއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ