މި ނިކުތީ ދާއިރާގެ ރައްޔިތުންނަށް ގެއްލިފައިވާ ހައްޤުތައް ހޯދައިދިނުމަށް – ހުސެއިން ޝިހާމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާން ނިންމީ ދާއިރާގެ ރައްޔިތުންނަށް ގެއްލިފައިވާ ހައްޤުތައް ހޯދައިދިނުމަށްކަމަށް އަމިއްލަ ގޮތުން މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓު ހުސެއިން ޝިހާމް ބުނެފިއެވެ.
 
މަޑުއްވަރީ ދާއިރާއަށް ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުމަށްފަހު 'އެމް.ޓީ'އާއި ވާހަކަދައްކަމުން ހުސެއިން ޝިހާމް ބުނީ، އޭނާވަނީ މީގެ ކުރިންވެސް ދާއިރާއަށް ހާއްސަކޮށް މަޑުއްވަރީއަށް ގިނަ ގޮތްގޮތުން ހިދުމަތްތަކެއް ކޮށްދީފައިކަމަށާއި މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާން ނިންމީ ދާއިރާގެ ރައްޔިތުންނަށް ގެއްލިފައިވާ ހައްޤުތައް އަނބުރާ ހޯދައިދިނުމަށްކަމަށެވެ.
 
ހުސެއިން ޝިހާމް މަޑުއްވަރީ ދާއިރާއަށް ވާދަކުރުމަށް މިހާރު ފޯމު ހުށައަޅާފައިވާއިރު، އޭނާގެ ކެމްޕެއިން ރަސްމީކޮށް ފެށުން މީދޫ، މަޑުއްވަރީ އަދި މާލޭގައިވެސް ކުރިއަށް ގެންދާނެކަމަށް ހުސެއިން ޝިހާމް ބުނެފައިވެއެވެ. ހުސެއިން ޝިހާމް ކުރިމަތިލުމަށް ނިންމުމާއިއެކު މިފަހަރުގެ އިންޠިހާބުގައި މަޑުއްވަރީއަށް ނިސްބަތްވާ ދެ ފަރާތަކުން ވާދަކުރާނެއެވެ. އެއީ އެމް.ޑީ.ޕީގެ ކެންޑިޑޭޓު އާދަމް ޝިހާމް އަދި ހުސެއިން ޝިހާމެވެ.
 
ހުސެއިން ޝިހާމަކީ މަޑުއްވަރީ ކައުންސިލްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ