ބަހުގައި ދަތުރުކުރާ ތުއްތު ކުދިންނާއި ސްކޫލް ދަރިވަރުންގެ އަތުން ފީއެއް ނުނަގާނެ: އެމްޕީއެލް

ހުޅުމާލެއަށް ބަހުގައި ދަތުރުކުރާ ތުއްތު ކުދިންނާއި ސްކޫލް ދަރިވަރުންގެ އަތުން ފީއެއް ނުނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ބަހުގައި ދަތުރުކުރާ ތުއްތު ކުދިންނާއި ސްކޫލް ދަރިވަރުންގެ އަތުން ފީ ނުނެގުމަށް ހަމަޖެހިފައިވާ އިރު، މިއަދުން ފެށިގެން ބަސް ދަތުރުތަކަށް ފައިސާ ނަގަން ވަނީ ފަށައިފައެވެ.
ސިނަމާލެ ބުރިޖުގައި ބަސް ދަތުރުތައް ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަތްވަނަ ދުވަހު ފެށި ނަމަވެސް، އޭރު ބަސް ދަތުރުތައް ކުރަމުންދިޔައީ ހިލޭއެވެ. މިއަދުން ފެށިގެން މާލެ ހުޅުމާލެ ބަސް ދަތުރަކަށް ފީއެއްގެ ގޮތުގައި ދިހަ ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ.
މާލެ/ހުޅުމާލެ ބަސް ދަތުރުތަކަށް ފައިސާ ދައްކަން ޖެހެނީ އެކަމަށް ހާއްސަ ކާޑު ގަނެގެންނެވެ. އެ ދަތުރުތަކަށް ޓިކެޓެއް ނުވިއްކާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ. ނަމަވެސް މާލެ/ހުޅުލެ ބަސް ދަތުރުތަކަށް ކާޑުގެ ބަދަލުގައި ދޫކުރަނީ ޓިކެޓެވެ.
އެމްޕީއެލް އިން މިހާރު ވަނީ މާލެ/ހުޅުމާލެ ބަސް ދަތުރުތަކަށް ކާޑު ވިއްކަން ފަށައިފައެވެ. ހުޅުމާލެ ބަސް ޓާމިނަލުންނާއި ހުޅުމާލޭ މައި ބަސް ޓާމިނަލް އަދި ސްޓެލްކޯ ކައިރީ ހުންނަ ބަސް ސްޓޮޕުން އެ ކާޑު ވިއްކަމުންދަނީ 20 ރުފިޔާއަށެވެ. ކާޑު ވިއްކާ ތަނުން ކާޑަށް ފައިސާ އެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ