ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލް މިނިސްޓްރީއާ ހަވާލުކޮށްފި

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ ޕްރީ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ހުޅުމާލޭ އޯޓީޒަމް ސެންޓަރ ކައިރީގައި ހަދާފައިވާ ޕްރީ ސްކޫލް އެޗްޑީސީން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޢާއިޝަތު ޢަލީ ވިދާޅުވީ ވަރަށް އަވަހަށް އެ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކުރާނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ ސްކޫލްގައި ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
"ވަރަށް އުފާވޭ މިކަހަލަ ސްކޫލެއް އަޅުގަނޑުމެންނާ ހަވާލުވެގެންދާތީ. އަޅުގަނޑުމެންގެ އުންމީދަކީ މި ސްކޫލުން ހުޅުމާލޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅު ޚިދުމަތްތައް ލިބިގެންދާނެ ސްކޫލަކަށް ވެގެންދާނެ ކަމަށް." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ މި ސްކޫލުގައި 7 ކްލާސްރޫމާއި ކޮމްޕިއުޓަރލެބަކާއި ހޯލެއްގެ އިތުރުން ސްޓާފްރޫމެއް ހުންނާނެކަމަށެވެ. އަދި އެ ސްކޫލްގެ ގޯތިތެރޭގައިވެސް ކުދިންނަށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ޖާގަ އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ