އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހުމަދް މަރުޒޫގެ (މަރޭ) ކުރެއްވި ޗެލެންޖް އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގަބޫލުކުރައްވައިފިއެވެ.
ރައީސް މައުމޫނަށް މަރޭ ކުރެއްވި ޗެލެންޖަކީ އޮލިމްޕިކްސް ގައި ރާއްޖެއިން ހަމައެކަނި ކޮލިފައިވި އެތުލީޓް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖްފާނު ރަޝީދާއި އެކު ތަމްރީން ފުރިހަމަ ކުރުމެވެ. އަޖުފާނަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުން މެޑަލް ހޯދާފައިވާ ކުޅުންތެރިއެކެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އުފަލާއެކު ޗެލެންޖް ގަބޫލުކުރައްވާކަމަށެވެ.
ރައީސް މައުމޫންގެ އިތުރުން މިހާރުގެ ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަދި ކުރީގެ ދެރައީސުންކަމަށްވާ ޑރ މުހައްމަދު ވަހީދު އަދި ރައީސް ނަޝީދު ވަނީ މަރޭގެ ޗެލެންޖް ގަބޫލުކުރައްވާފައެވެ.
ޓްރެއިނިންގް ވިތް އެމްވީ ޗެމްޕްސް ޗެލެންޖް ރައީސް މައުމޫން ގަބޫލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ