ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ވައިޓް އެލާޓެއް ނެރިފި އެވެ.
މެޓް އޮފީހުން ބުނީ، ވައިޓް އެލާޓް ނެރިފައި ވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން އިރުއޮއްސި 6:00 ހަމައަށް މުޅި ރާއްޖެއަށް ކަމަށެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތައް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެންހިސާބުތަކަށްް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، ކަނޑުތައް ،އުތުރުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި މެދުތެރެއާއި ދެކުނުގެ ކަނޑުތަށް ގަދަވާނެ ކަަމަށެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މޫސުން ގޯސްވުމުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ