މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފިއެވެ.
ވައިޓް އެލާޓު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެލާޓު ނެރެފައިވަނީ މިއަދުގެ 15:15 އިން ފެށިގެން 19:30ގެ ނިޔަލަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރެކެވެ. އެގޮތުން ދޭތެރެ ދޭތެރެއިން މިފަހަކަށް އައިސް އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ