ވަކިކުރަން ހުށަހެޅުމުން ގާޒީ ނަޖީބު އިސްތިއުފާ ދެއްވައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފި އެވެ.ގާޒީ ނަޖީބު އިއްޔެ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ. ގާޒީ ނަޖީބު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާ މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާ ކަން އިއުލާން ކުރުން ހިމަނާފައިވެސް ވެ އެވެ.ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ޖޭއެސްސީއަށް ލިބިގެން، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައިފިނަމަ އެ މައްސަލައެއް ބާތިލްވެގެން ދާނެ އެވެ. ނަމަވެސް ޖޭއެސްސީން ތަހުގީގު ނިންމާފައިވާތީ ދެން މަޖިލީހުން އަމަލު ކުރަމުންދާ ގޮތަކާ މެދު ބަހުސެއް ކުރެއްވި އެވެ.ގާޟީ ހަސަން ނަޖީބް މަޤާމުން އިސްތިއުފާ ދެއްވަފައިވަނިކޮށް އޭނާ މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސްކަން ކުރައްވާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ގާޟީ އިސްތިއުފާގެ ސިޓީ ހުށަހެޅި ދުވަހުން ފެށިގެން އޭނާ ހުންނާނީ މަޤާމުން ވަކިވެފައިކަމަށެވެ. ދެން އެއިޖުރާތު ނިމިފައިވަނިކޮށް އެކަން އަލުން ނަގައި އޭނާ ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ޤަބޫލުނުކުރައްވާކަމަށް ހިސާން ވިދާޅުވިއެވެ. މެންބަރުންގެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ޖޭއެސްސީގައި ވެސް އިންނަވާ ރައީސް ނަޝީދު ވިދާޅުވީ މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައްސަލަ ފޮނުވާފައިވާ ކަން ނަޝީދު އިއުލާން ކުރެއްވި އެވެ. ޖޭއެސްސީން ކުރިން ބުނެފައިވަނީ ނަޖީބު ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އޭނާ މަސައްކަތް ކުރެއްވި މައްސަލައަކާއި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި އެއްވެސް ތަހުގީގީ އިދާރާއަކުން ނޭދެނީސް، އުސޫލުތަކާ ޚިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް އަމުރު ނެރުނު މައްސަލައެއްގައި ކަމަށެވެ.ނަޖީބު ވަކިކުރުމުގެ ކުރިން މިދިޔަ އޭޕްރީލް މަހު ޖޭއެސްސީން ވަނީ އޭނާ ތިން މަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ