އިލްމުވެރިންގެ ގުޅުމާއި ރައްޔިތުންގެ އިއްތިހާދު އެކުގައި މަސައްކަތް ކުރަނީ

"އިލްމުވެރިންގެ ގުޅުމާ" އި "ރައްޔިތުންގެ ގުޅުން" ގެ ނަމުގައި ހަރަކާތެތެރިވާ ދެ މޫވުމަންޓް އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި ދެ މޫވްމަންޓް، އިލްމުވެރިންގެ ގުޅުމާއި ރައްޔިތުންގެ ގުޅުން އެކުވީ، ގައުމީ މަސްލަހަތު ހިމެނޭ ހުރިހާ ކަމެއްގައި އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އެހީތެރިކަން ދޭށެވެ.
އެގޮތުން ދާދި ފަހުން އުވާލި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޖަމިއްޔާ، އެމްޑީއެން ގެ އިސްފަރާތްތަކާއި އެ ޖަމިއްޔާއިން ނެރުނު ރިޕޯޓަކަށް ތާއީދު ކުރި އުތެމަ އިން އިސްލާމް ދީނާ ހިލާފަށް ލިޔުނު ކަމަށް ބުނާ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ބާރު އަޅައި ކުރަން ޖެހޭ މަސައްކަތް ކުރުން ހިމެނެ އެެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ހުރިހާ ދީނީ އީލްމުވެރިންގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ.
އެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލި ނަމަވެސް އެ ރިޕޯޓު ތައްޔާރުކޮށް ނެރުމުގައި ބައިވެރިވި ކަމަށް ބުނާ އެއްވެސް މީހަކަށް އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެ ތުހުމަތުތައް އޮތް ވަރަށް ގިނަ ފަރާތްތްތައް ސަރުކާރާއި ދައުލަތުގެ ވަޒީފާގައި ވެސް އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ