ބައިނަލްއަގުވާމީ އެތުލެޓިކްސޯ ކޯހެއްގައި ބައިވެރިވުމަށް ހަލީމް ކޮރެއާއަށް

އިންޓަރނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިންސައުތު ކޮރެއާގެ ޑައެގޫ ގައި މިމަހު ބާއްވާ "އިންޓަރނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިން" ގައި ބައިވެރިވުމަށް ގައުމީ ސްޕްރިންޓް ޓީމްގެ އެސިސްޓަންޓް ކޯޗް ހުސައިން ހަލީމް ކޮރެއާއަށް މިއަދު ފުރައިފިއެވެ. ހުސައިން ހަލީމް އަކީ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިން ރާއްޖެއަށް ފުރަތަމަ މެޑަލް ހޯދި ޓީމްގެ މެމްބަރެކެވެ. އަދި 10 ސިކުންތުން 100 މީޓަރު ދުވި ރާއްޖޭގެ ފުރަތަމަ ފިރިހެން އެތުލީޓެވެ. ހަލީމް އަދި އިތުރު ދުވުންތެރިން ސައުތް އޭޝިއަން ގޭމްސްގައި މެޑަލް ހޯދުމަށްފަހު --- މީގެ އިތުރުން އޭނާ ވަނީ 2009 އިން 2016 އަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައެވެ. ހަލީމްގެ ދުވުމުގެ ކެރިއަރުގައި ހަލީމް ވަނީ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ދެ ފަހަރު އާ ކޮށް، 100 މީޓަރު ރިލޭގެ ގައުމީ ރިކޯޑު ތިން ފަހަރު އާ ކޮށްފައެވެ. އަދި ލޯންގް ޖަމްޕްގެ މިހާރުގެ ގައުމީ ރިކޯޑަކީވެސް ހުސައިން ހަލީމް 2009 ވަނަ އަހަރު ހަދާފައިވާ ރިކޯޑެކެވެ. ނޭޝަނަލް ޓީމުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއަށްފަހު ރިޓަޔާކުރުމަށްފަހު، ހަލީމް ހަރަކާތްތެރިވަމުން އަންނަނީ ނޭޝަނަލް ޓީމުގައި އެތުލީޓުންނަށް ތަމްރީނު ދިނުމުގައެވެ.ހުސައިން ހަލީމް ވަނީ އެތުލެޓިކްސް ކޯޗިންގްއިން އައިއޭއޭއެފް ލެވެލް އެކެއް އަދި ލެވެލް ދޭއްގެ ކޯހުން އެންމެ މަތީ ދަރަޖައިގައި ފާސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ