ދީބާޖާ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި

ދީބާޖާއަށް ބަދަލު ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް، ސުޕްރީމް ކޯޓުން ތާއީދު ކުރަން ނިންމި ނިންމުން އިތުރަށް މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ނިންމަވައިފިއެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އާންމު މަސްލަހަތަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ނިންމަވާފައިވާ ކަމަށެވެ. ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ