މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމް.ޑީ.އެން) ސަސްޕެންޑް ކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމް.ޑީ.އެން) ސަސްޕެންޑް ކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ދާދި ދެންމެ ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމް.ޑީ.އެން) ސަސްޕެންޑް ކުރުމަށް ނިންމީ ‘ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ރިޕޯޓްގައި އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ ސަރވިސްއިން ތަޙުޤީޤު ކުރަމުންދާތީ ޤަވާއިދު ނަންބަރު 2015/R-180 (ޖަމިއްޔާތަކުގެ ޤަވާއިދު) ގެ 39 ވަނަ މާއްދާއިން، ޖަމިއްޔާތަކާބެހޭ ރަޖިސްޓްރަރ އަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކްގެ ހަރަކާތްތައް މިއަދުން ފެށިގެން ހުއްޓާލުމަށް އަންގާ ކަމަށެވެ.
އެމް.ޑީ.އެން އިން ނެރުނު ރިޕޯޓާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުން އަންނަ އިރު ދީނީ ޢިލްމުވެރިންވެސް ދަނީ މިކަމުގައި ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ