އެޗްއާރުސީއެމްގެ މެމްބަރު މޫސައާ މެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ބެލުމާމެދު ގޮތެއް ނިންމަނީ

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އާންމު ކުރި، މިރޭ 8:00 ގައި ބާއްވާ އެ ޖަލްސާގެ އެޖްންޑާ ގައި ބުނެފައިވަނީ، އެޗްއާރުސީއެމްގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ގޮތެއް ނިންމުމަށެެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް އެޖެންޑާގައި ކޮށްފައެއް ނުވެއެވެ. މިދިޔަ ސެޕްޓޭމްބަރު މަހު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން،ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، މިދިޔަ ދައުރުގައި އެޗްއާރުސީއެމްއަށް މެންބަރުން އައްޔަން ކުރި އިރު ޑިޒާސްޓާ މެނޭޖްމަންޓްގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއްގައި ތުހުމަތުވާ ފަރާތެއް ކޮމިޝަނަށް އައްޔަން ކޮށްފައިވާ ކަމަށެވެ. ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވެ، ޖީހާން ވިދާޅުވީ، އެބޭފުޅާ ކޮމިޝަނަށް އައްޔަން ކުރި އިރު އިރު، އެ މައްސަލައިގައި އޭނާ މައްޗަށް ދައުވާ ކުރުމަށް މައްސަލަ ޕީޖީއަށް ފޮނުވިފައިވާ ކަމަށެވެ. އިޝާރާތް ކުރެއްވީ، ރައީސް ޔާމީންގެ ސަރުކާރުގައި އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި އޮގަސްޓް 27، 2015 ގައި ކޮމިޝަނަށް އައްޔަން ކުރެއްވި މޫސާ އަލީ ކަލޭފާނަށެވެ. އޭނާ ވަނީ، 2007 އިން 2010 އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަން ކުރައްވައިފަ އެވެ. ބެލެވޭ ގޮތުގައި، ކޮމިޓީން މިރޭ އެޖެންޑާ ކޮށްފައިވަނީ، އެޗްއާރުސީއެމްގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވޭ ޑިޒާސްޓާ މެނޭޖްމަންޓްގެ ކޮރަޕްޝަންގެ މައްސަލައެވެ. މެމްބަރު މޫސާ އަލީ ކަލޭފާނު ގެ މައްޗަށް ތުހުމަތުކުރެވޭ އެ މައްސަލައިގައި 2013 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން އޭނާ ހައްޔަރުވެސް ކުރި އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ކުރީ، ފުލުހުންގެ ތަހުގީގަށް ދެ ފަހަރެއްގެ މަތުން ތަފާތު ބަޔާނެއް ދީފައިވާތީ އާއި، ޑިޒާސްޓާގެ މުވައްޒަފަކާ ބައްދަލުކޮށް މައްސަލައިގެ ހެކި ފޮރުވަން އޭނާ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. https://sun.mv/123856
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ