"ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް ދައްކާލައިފި

ކުޅަދާނަ ޑައިރެކްޓަރު ޔޫސުފް ޝަފީއު ޑައިރެކްޓްކޮށްފައިވާ "ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް ދައްކާލައިފި އެވެ.
"ކޮސް ގިނަ މިސްޓޭކް" އަކީ ވީމީޑިއާއިން އުފައްދާ ދެވަނަ ފީޗާ ފިލްމެވެ. އަންނަ މަހުގެ 15 ވަނަ ދުވަހު ސުކްރީން ކުރަން ކުރިން ނިންމި ފިލްމުގެ ފަސްޓް ލުކް މިހާރު ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
ވަރަށް ގިނަ ތަރިން ބައިވެރިވާ މި ފިލްމުގެ ފަސްޓްލުކްގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފިލްމުގައި ހިމެނޭ ރީތި ލަވަތަކެވެ. ކޮޕީ ރާގުތަކަށް ހަދާފައިވާ ލަވަތައް ވަރަށް ބޮޑަށް ވައިގައި ހިފާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން މިއީ ރިހުން ހިމެނޭ މަޖާ ފިލްމެއްކަންވެސް ފަސްޓްލުކް ބަލާލުމުން އެނގިގެން ދެއެވެ.
"ކޮސް ގިނަ މިސްޓޭކް" ގެ މަންޒަރެއް --
"ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކްގައި ފިލްމުގައި ހިމެނޭ މައިގަނޑު ތަރިން ފެނިގެން ދެއެވެ.
މި ފިލްމުގައި ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު، އަލީ ސީޒަން، މަރިޔަމް އައްޒަ، އަލީ އާޒިމް، މުހައްމަދު ނިމާލް، އަހުމަދު ސައީދު، ނުޒުހަތު ޝުއައިބް، ހާމިދު އަލީ، އަހުމަދު އީސަ، އަބްދުﷲ ޝާފިއު (ފުބޫ) ގެ އިތުުރންވެސް ބައެއް އެހެން ތަރިން ހަރަކާތްތެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ