ޑޯމް ކެފޭއިން ދެ ލައްކަ ރުފިޔާގެ ކަރަންޓުބިލެއް، ކަރަންޓު ކަނޑާނުލާ!

އޮސްޓްރޭލިއާގެ މަޝްހޫރު ކޮފީ ޝޮޕެއް ކަމަށްވާ ޑޯމް ކެފޭގެ އައުޓްލެޓުން ކަރަންޓުބިލަށް ދެ ލައްކައަށްވުރެ ފައިސާ ދައްކަން ޖެހުނު ނަމަވެސް ކަރަންޓު ކަނޑާނުލާކަން ހާމަ ވެއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ ޑޯމް ކެފޭ ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މާލޭގައި ކަރަންޓު ދޭ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ [ސްޓެލްކޯ]ގެ އާންމު އުސޫލަކީ ގާތްގަނޑަކަށް ފަސް މަހުގެ ބިލު ނުދައްކާނަމަ ކަރަންޓު ކަނޑާލުމެވެ. އަދި އަލުން ކަރަންޓު ގުޅައިދެނީ ތިން މަހުގެ ބިލު ދެއްކުމުންނެވެ.
ނަމަވެސް ޑޯމް ކެފޭއަށް އެހާ ބޮޑު ބިލެއް ދައްކަން އޮއްވައި ކަރަންޓު ކަނޑާނުލައި އެ ފުރުސަތު ދިނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.
އެކަމާއި ގުޅިގެން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އެހެން ވިޔަފާރި ތަކާއި އާންމުންނަށް ފުރުސަތުދޭ އުސޫލުން ޑޯމް ކެފޭއަށް ވެސް ފުރުސަތު ދީފައިވާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޑޯމް ކެފޭއިން ދައްކަން ޖެހޭ ދެ ލައްކައެއްހާ ރުފިޔާގެ ތެރެއިން އެއް ލައްކަ ރުފިޔާ މިދިޔަ މަހުގެ ތެރޭގައި ސްޓެލްކޯއަށް ވަނީ ދައްކާފަ އެވެ. ނަމަވެސް އަދި ބާކީ އެއްލައްކައެއްހާ ފައިސާ ދައްކާފައި ނުވާކަން ވަނީ އެނގިފަ އެވެ.
ލޮކްޑައުން ނިމުމަށްފަހު ރަނގަޅަށް ރެސްޓޯރެންޓުތައް ރަނގަޅަށް ހިނގައި ނުގަނެވެނީސް ކަރަންޓު ބިލު ނުދައްކައިގެން ބައެއް ރެސްޓޯރެންޓުތަކުން ސްޓެލްކޯއިން ކަރަންޓު ކަނޑާލި އެވެ. އެގޮތުން ސްޓީކް ބަރ އިން ހަ މަހުގެ ބިލު ނުދައްކާ އޮތުމުން ސްޓެލްކޯއިން ކަނޑާލިކަން އެތަނުން ބުނެފައިވެ އެވެ.
Twitter Embeded
އާންމު ރައްޔިތުމީހާ ކަރަންޓުބިލު ނުދައްކާތާ ގާތްގަނޑަކަށް ހަތަރުމަސް ވާއިރު ސްޓެލްކޯއިން ކަރަންޓު ކަނޑާލާ މީޓަރުގައި "ލޮކް" އަޅުވާއިރު އެކަމުގައި ހަމަހަމަކަމާއެކު އަމަލު ނުކުރެވޭކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ. އަދި ވަކި ރެސްޓޯރެންޓަކުން އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ދައްކަންޖެހޭއިރު ކަރަންޓު ކަނޑާނުލާ އޮތުން އެއީ އެންމެ އިންސާފުވެރިކަމެއް ކަމަށް ނުބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ