ހިމަންދޫ އަށް އަރާ ފޭބުން މަނާކޮށްފި

އއ.ހިމަންދޫ މޮނިޓަރިން އަށް ލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިމަންދޫ މޮނީޓަރިން އަށް ލާފައިވަނީ ކަރަންޓީނުގައި ނެތް މީހަކު އެ ރަށުން ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެޗްޕީއޭ އިން ބުނީ ހިމަންދޫ މޮނީޓަރިންގެ ހާލަތަށް ގެނައުމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 74 މީހަކު ވަނީ ނިޔާވެފައެވެ. އަދި ރާއްޖޭގެ 25 ރަށެއް މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ