އުއްތަމަފަނޑިޔާރުގެ މަޤާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޙުސްނުއް ސުޢޫދު ރައްޔިތުން މަޖިލިހުން ޢައްޔަނުކޮށްފިއެވެ. އަލްއުސްތާޛު މުޢުތަޞިމް ޢަދުނާނަކީ ކުރިންވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމަޤާމުން ވަކިކުރެވުނީ ޤާނޫނަށް ނިމިދިޔަ ދައުރުގައި މަޖިލިހުން ގެނައި ބަދަލަކާ ގުޅިގެން ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރަން ޖެހުމުން، އެއިރުގެ އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒާއި މުޢުތަޞިމަކީ މަޤާމަށް ޤާބިލު ބޭފުޅުންތަކެއް ނޫން ކަމުގައި ކަނޑައަޅައި މަޖިލިހުން އެބޭފުޅުން މަޤާމުން ވަކިކުރުމުންނެވެ. ޙުސްނުއްސުޢޫދަކީ ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ ފަސް އަހަރު ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ޤައުމީ އިއްތިޙާދު ޕާޓީއިން މަޖިލިސް މެންބަރުކަމަށް 2009ވަނަ އަހަރު ކުރިމަތިލެއްވިއެވެ. ނަމަވެސް ޙުސްނުއްސުޢޫދަކީ ސިޔާސީ ހަރަކާތުގައި ވަރަށް ހަރަކާތްތެރިކޮށް ފެނިފައިވާ ބޭފުޅެކެވެ. އަދި ސުޕްރީމްކޯޓަށް އަންނާންހުރި ގިނަ މައްސަލަތަކެއްގައި ސުޢޫދުގެ މަޞްލަޙަތު އޮވެދާނެ ކަމުގެ ޝަކުވާވެސް ގިނަ ޤާނޫނީ ވަކީލުން ކުރެއެވެ. ސުޢޫދަކީ ބާކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވައި، މިހާރު އެކައުންސިލުގެ ރައީސް މައުމޫނު ހަމީދާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ސުޢޫދު މިއަދާ ހަމައަށް ހުންނެވީ ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގައެވެ. އެމަނިކުފާނު އެކޮމިޝަން ބޭނުންކުރައްވައިގެން އިދިކޮޅު ފަރާތްތަކާއި ދީނީ ޢިލްމުވެރިންގެ އަގުވައްޓަވައިލައްވަން އުޅުއްވި ކަމުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އުއްތަމަފަނޑިޔާރުގެ މަޤާމަށް މުޢުތަޞިމު ސުޕްރީމް ކޯޓަށް ޙުސްނުއްސުޢޫދު ޢައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ