ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބަލާ ބެންޗު އެކުލަވާލީ ގާނޫނާ ހިލާފަށް ކަަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ކޯޓަށް ހުށަހަަޅާފައި ވަނީ ޔާމީންގެ ފަރާތުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ހިންގާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވަން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 13:30 އަށެެެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކުރިން ކުރިއަށް ގެންގޮސްފައިވަނީ ކްރިނަލް ކޯޓުގެ އިސްގާޒީގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު ހައިލަމެވެ. އޭނާ އެ މަގާމުން ވަނީ ސަސްޕެންޑްކޮށްފައެވެ.
އޭނާ މަގާމުން ސަސްޕެންޑްކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ،
ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން އެންމެފަހުން ބޭއްވި ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ގާޒީން ހިމެނޭ ބެންޗަކުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ، ރައީސް ޔާމީން ޝަރީއަތް ހިންގުމުގައި ފަނޑިޔާރުންގެ ބެންޗުގެ މައްސަލަ އެއް އުޅޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމައްސަލަ ބަލަން އިންނަވާ މައި ފަނޑިޔާރު ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އުޅޭ ކަމަށާއި، އަލީ ރަޝީދު އެެބެންޗުގައި އިިންނަވައިގެން އެމައްސަލަ އިންސާފުވެރިކޮށް ނުނިންމަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދުރޭ ވިދާޅުވި ގޮތުގައި، ގާޒީ އަލީ ރަޝީދުގެ މައްސަލަވެސް އިދިކޮޅުން ޖުޑީޝަލް ސާވިސްކޮމިޝަން އަދި ސުޕްރީމް ކޯޓަށް މިހާރު ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އެމައްސަލަ ބަލައިގެންފައި ނުވާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔާމީން މައްސަލަ ބަލާ ބެންޗު އެކުލަވާލީ ގާނޫނާ ހިލާފަށް ކަަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ