ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައާއި ގުޅިގެން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފަހު ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީ އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން ނަސޭހަތް ދިނުމަށް ނިންމި ފަނޑިޔާރުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުއްﷲ ދީދީ ވެސް ހިމެނިވަޑައިގަންނަވައެވެ. އަބްދުﷲ ދީދީ ގެ އިތުރުން ނަސޭހަތް ދިނުމަށް ހަމަ ޖެހިފައި ވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ އަށެވެ. ޖޭއެސްސީ އިން ނަސޭހަތް ދިނުމަށް ނިންމި ފަނޑިޔާރު އަބްދުﷲ ދީދީ އަކީ އެކޮމިޝަނުގެ ރައީސްއެވެ.
މި ތިން ފަނޑިޔާރުންނަށް މީގެ ކުރިންވެސް ޖޭއެސްސީ އިން ވަނީ ނަސޭހަތް ދީފައިކަން ފާހަގަކޮށްލަން ޖެހެއެވެ. މިފަހަރު ނަސޭހަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަަމެއް ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވާ އިރު، ޖޭއެސްސީ އިން ވިދާޅުވީ އެ ތިން ފަނޑިޔާރުންނާއި މެދު އެޅުމަށް ހަމަޖެހިފައިވަނީ ގާނޫނުގައި ބަޔާން ކުރާ ތައުދީބީ ފިޔަވަޅެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ