ޕެޓްރޯލާއި ޑީސަލުން ނަގާ 10 ޕަސެންޓު ޑިއުޓީ ކަނޑާލައި ކަރަންޓުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ކ. ގުރައިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ޕެޓްރޯލާއި ޑީސަލުން ނަގާ ޑިއުޓީ އިއްތިހާދެއްގެ ސަރުކާރެއްގައި ކަނޑާލައި ކަރަންޓުގެ ހެޔޮ ކުރައްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ބިލަށް ހޭދަކުރަން ޖެހޭ އަގު ބޮޑުވުން ކަމަށާއި، އިއްތިހާދެއްގެ ވެރިކަމެެއްގައި ހާއްސަ އިސްކަމެއް ދޭނީ އިރުގެ އަލިން ހަކަތަ އުފެއްދުމަށްކަމަށެވެ.
އިބޫ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮވުމަކީ ކުދި ވިޔަފާރިތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އަދި ތެލުން ޑިއުޓީ ކަނޑާލުމުން މަސްވެރިންނަށްވެސް ކުރިއެރުން ލިބޭނެކަމަށެވެ.
އިބޫ ވަނީ މި ވައުދުތަކަކީ ފުއްދޭނެ ވައުދުތަކެއްކަމަށް ވިދާޅުވެފައެވެ.
ތެލުން ޑިއުޓީ ކަނޑާލައި ކަރަންޓު އަގު ހެޔޮ ކުރާނަން: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ