ތިއީ ބޭރު ގައުމުތަކަށް ދަތުރު ކުރަން ޝައުގުވެރިކަން ހުންނަ މީހެއް ހެއްޔެވެ؟ ނުވަތަ އިނގިރޭސި ބަހުން މުއާމަލާތް ކުރުން ކުޑަ ގައުުތަކަށް ދަތުރު ކުރަން ޖެހޭ މީހެއްތޯ އެވެ؟
މި ސުވާލުތަކުގެ ޖަވާބައަކީ އާއެކޭ ކަމަށްވާ ނަމަ ހޯދަން ވަރަށް މުހިއްމު އަދި ބޭނުންތެރި އެއްޗެއްގެ ވާހަކަ މި ފަހަރު ކިޔައި ދޭނަމެވެ.
"އައިކަން ސްޕީކް" ޓީޝާޓް ވުޖޫދަށް އައިސްފައި ވަނީ ޔޫރަޕަށް ނިސްބަތްވާ ދެ ޒުވާނުން ކަމަށްވާ ޖޯޖް ހޯން އާއި ފްލޯރިއަން ނާސްޓް އޭޝިއާގެ ގައުމުތަކަށް 2013 ވަނަ އަހަރު ކުރި ދަތުރުތަކެއްގައި މުއާމަލާތް ކުރަން ދިމާވި ހުރަސްތަކާ ގުޅިގެން އުފެދުނު ހިޔާލެއްގެ ތެރެއިންނެވެ.
ދިމާވި ގޮތަކީ އޭޝިއާގެ ބައެއް ގައުމުތަަކަށް ކުރި ދަތުރިތަކުގައި އިނގިރޭސީން އެ ގައުމުތަކުގައި މުއާމަލާތް ކުރުން އެހާ އާންމު ކަމަކަށް ނުވުމުން އެ މީހުންގެ ބޭނުންތައް ފުއްދުމަށް ދަތިވުމެވެ.
އަދި މި ޓީޝާޓަކީ އިނގިރޭސި ބަސް ނޭނގޭ މީހަކަށް ވެސް ބޭރު ގައުމެއްގައި އުޅޭ އިރު މުއާމަލާތް ކުރަން ވަރަށް ރަނގަޅު ގޮތެކެވެ.
އެހެންވެ މި ހުރަސްތަކާ ގުޅިގެން އެ ދެ މީހުން ދެން ހިޔާލު ކުރީ މި މައްސަލަ އަށް ވަރަށް ފަސޭހަ ހައްލެއް ހޯދާށެވެ.
އެގޮތުން "އައިކަން ސްޕީކް" ޓީޝާޓް ވުޖޫދަށް ގެނަ އެވެ. މި ޓީޝާޓްތަކުގެ މޭމަތީގައި ތަފާތު އެއްޗިއްސާއި ކަންކަން ނިސްބަތްވާ ގޮތަށް ކުރެހުންތައް ހިމަނާފައިވެ އެވެ.
ހޮޓަލެއް ބޭނުންވެގެން އުޅޭ ނަމަ، އެނދުގެ އައިކަންގައި އިނގިލި ޖައްސައިގެން މީހެއްގެ ކައިރިން އެހީ ހޯދި ދާނެ އެވެ. ނުވަަތަ އޭޓީއެމް ހިދުމަތް ލިބޭތޯ އޭޓީއެމް އައިކަން ދައްކާލައިގެން ހޯދި ދާނެ އެވެ.
މި ޓީޝާޓް މިހާރު ވަނީ އާންމުކޮށް ވިއްކަން ވެސް ފަށައިފަ އެވެ. އޭގެ ތެރޭގައި ދިގު، ކުރު އަދި އަތް ނުހުންނަ ޓީޝާޓް ވެސް ހިމެނެ އެވެ.
ބޭރުގެ ގައުމަށް ކުރާ ދަތުރެއްގައި ލައިގެން އުޅުމުން ބޭނުންވާ ކަމެއް އެތަނެއްގެ ބަޔަކާ ޓީޝާޓްގައި ހިމެނޭ އައިކަންތައް ދައްކާލައިގެން ފުއްދާލެވޭނެ އެވެ.
"އަހަރެން ނޯވޭ އަށް ކުރި ދަތުރެއްގައި ވެސް އައިކަަން ސްޕީކް ޓީޝާޓް ބޭނުންކޮށްފިން. ތަޖުރިބާ ވަަރަށް ސަޅި. ބުނާ އެއްޗެއް ސާފުކޮށް ނުދެވިގެން މި ކަހަލަ ޓީޝާޓެއް ލައިގެން އުޅޭ ނަމަ ނުޖެހޭ،" ހޯން ބުންޏެވެ.
އަވަހަށް "އައިކަން ސްޕީކް" ޓީޝާޓެއް ހޯދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ