އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އަފްގާނިސްތާން ސުޕްރީމް ކޯޓް ބޭރުގައި ދިން ބޮމުގެ ހަމަލާއެއްގައި 16 މީހުން މަރުވެ މަދުވެގެން 40 މީހުން ޒަހަމްވެއްޖެ ކަމަށް އަފްގާނިސްތާން ފުލުހުން ބުނެފިއެވެ.
މިހަމަލާގައި ގާޒީ އެއްގެ އިތުރުން ކޯޓުގެ މުވައްޒަފުން ތަކެއް ވަނީ މަރުވެފައެވެ.
ހަމަލާގެ ޒިންމާ ޠާލިބާނުން މިހާރު ވަނީ އުފުލާފައެވެ. ޠާލިބާނުން ބީބީސީއަށް ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ މިހަމަލާގެ އަމާޒަކީ ހުޅަނގުގެ ވިސްނުމަށް އަމަލުކުރާ ގާޒީން ކަމަށެވެ.
މިއީ ދެދުވަސް ތެރޭގައި ކާބުލްގައި ދިން ވަރުގަދަ ދެވަނަ ހަމަލާއެވެ.
ހޯމަ ދުވަހު ކާބުލްގެ މައި އެއާރޕޯޓް ކައިރީގައި ޠާލިބާނުންގެ ހަނގުރާމަވެރިންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ވަނީ ހަތަރު ގަޑިއިރު ވަންދެން ހަމަލާތައް ބަދަލުކޮށްފައެވެ. ސަލާމަތީ ބާރުތަކުން ވަނީ އެންމެ ފަހުން މިހަމަލާތައް ދިނުމުގައި ބައިވެރިވި ހަތް ހަނގުރާމަވެރިން ވެސް މަރާލާފައެވެ.
ސުޕްރީމް ކޯޓް ކައިރީގައި ވަރުގަދަ ބޮމުގެ ހަމަލާއެއް ދީފައި ވާއިރު ކާބުލްގައި ހުންނަ އެމެރިކާ އެންބަސީ ހުންނަނީ ސުޕުރީމް ކޯޓާއި ވަރަށް ކައިރީގައެވެ. މީގެ އިތުރުން ނޭޓޯގެ މައި ހެޑްކުއާޓާރ ވެސް ހުންނަނީ މިހިސާބުގައެވެ.
އަފްގާން ސުޕްރީމް ކޯޓް ކައިރީގައި ދިން ހަމަލާއެއްގައި އެތައްބަޔަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ