ދީނާއި ސިޔާސަތު ވަކިކުރުމަކީ ރުބޫބިއްޔަތުގައި ޝިރުކު ކުރުމުގެ ތެރެއިން ހިމެނިގެން ދާނެ ވައްތަރެއް: ޝެއިޚް އަބްދުﷲ

ދީނާއި ސިޔާސަތު ވަކިކުރުމަކީ ރުބޫބިއްޔަތުގައި ޝިރުކު ކުރުމުގެ ތެރެއިން ހިމެނިގެން ދާނެ ވައްތަރެއްކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.ދިއިސްލާމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝެއިޚް އަބްދުﷲ ވިދާޅުވީ “އިސްލާމްދީން އައީ ސިޔާސަތައިގެން” ކަމަށާއި “ލިޔަން ކިޔަން ނުދަންނަ، ދައުލަތެއްނެތި ދުނިޔެދުން ޤުރައިޝުންނާގެން އިސްލާމްދީން ކުރިއަށް ޖެހިލީ ތަހުޒީބާއި ތަރައްޤީގެ ބޮންތިޔާއި ހިސާބަށް”ކަމަށެވެ. އަދި ޝެއިޚް އިތުރަށް ވިދާޅުވީ “އެންމެ ވަރުގަދަ ދައުލަތް ޤާއިމްކޮށް، ދުނިޔޭގެ ނިޒާމުތަކަށް ގޮން ޖަހާލައި އިސްލާމީ ނިޒާމުން ކުރިއަރައިގެން ދިޔަ”ކަމަށެވެ.ޝެއިޚް އަބްދުﷲގެ އިތުރަށް ވިދާޅުވީ “ދީނާއި ސިޔާސަތު ވަކިނުކުރެވޭނެ”ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ