ބަނގުރަލާއި އެކު ހ. ތިމާވެށިން ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދީފި
ބަނގުރަލާއި އެކު ހ. ތިމާވެށިން ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދީފިއެވެ.ފުލުހުން ބުނީ ހ. ތިމާވެށި ގޭގެ ފްލޯއަކުން މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފައިވާ ކަމަށާއި، މި މައްސަލާގައި ހިމެނޭ އަންހެން މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައި ދިންއިރު އަނެއް ދެ މީހުންގެ ބަންދަށް ކޯޓުން ޖަހައިދީފައި ވަނީ ދިހަ ދުވަސް ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަމިއްލަ ގެ ކަމަށްވާ ހ ތިމާވެށިން ބަނގުރަލާއި މަސްތުވާ ތަކެއްޗާއި އެކުތިން މީހަކު ހައްޔަރު ކޮށްފައި ވާއިރު، ފުލުހުން ކުރިން ބުނެފައި ވަނީ އެމީހުން ދިރިއުޅޭ ފަންގިފިލާ ބަލާ ފާސްކުރިއިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ފުޅި އާއި މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބަނގުރާ ފުޅިއެއްގެ އިތުރުން ބަނގުރާ ހުސްކުރި ފުޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުން ގެންދިޔަ ނަމަވެސް މި މައްސަލާގައި ހިމެނޭ މީހުންގެ އެއްވެސް މަޢުލޫމާތެއް ފުލުހުން ޢާއްމު ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ