މީރާ ކުޑަކުދިންގެ ހަވީރު މާދަމާ ބާއްވަނީ
ތަފާތު ކުޅިވަރުތަކަކާއެކު މިރާގެ ކުޑަކުދިންގެ ހަވީރު މާދަމާ ހަވީރު ހުޅުމާލޭގައި ބާވާގޮތަށް ނިންމައިފި އެވެ. މީރާގެ އަހަރީ ދުވަހާ ގުޅިގެން ކޮންމެ އަހަރަކު ފާހަގަ ކުރާ ޓެކްސް ވީކްގެ ތެރެއިން ބާއްވާ ކުޑަކުދިންގެ ހަވީރުގައި ތަފާތު އަށްޑިހަ ހަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. މީރާގެ އޮފިޝަލަކު ވިދާޅުވީ ކުޑަކުދިންގެ ހަވީރުގައި މީރާގެ މުވައްޒަފުންގެ އިތުރުން ދައުލަތުގެ އެހެން މުވައްސަސާތަކުންވެސް ބައިވެރިވާނެ ކަމަށް. ބޮޑު ބެރު ގްރޫޕުގެ ހުށަހެޅުންތަކެއް ވެސް އޮންނާނެ ކަމަށާއި، މި އިވެންޓުގައި ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. މީރާގެ ކުޑަކުދިންގެ ހަވީރު ބާއްވަން ނިންމާފައިވަނީ މާދަމާ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގަ. މީރާގެ ހިދުމަތަށް ހަތް އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ ޓެކްސް ވީކްގައި ޓެކްސް ދައްކާ ފަރާތްތަކާ އާންމުންނަށް އަމާޒުކޮށް ޓެކުހަށް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއްވެސް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ޓެކުހާގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތްތަކެއް މާލެއާއި އަތޮޅުތެރޭގައި ބޭއްވުމުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ސްކޫލްތަކުގައި ބޭއްވުމަށް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ