މަކަރާއި ހީލަތުގެ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރިމުގެ ޕްރޮގްރާމެއް ދ. އަތޮޅުގައި ފަށައިފިއެވެ.
ދ. އަތޮޅު ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ދ. އަތޮޅުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން އެއަތޮޅުގެ ހުރިހާ ރަށެއްގެ ގެބިސީތަކަށް ޒިޔާރަތްކޮށް މަޢިލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
ސިލްސިލާކޮށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައި ކޭޝްކާރޑްގެ މަޢުލޫމާތު ހޯދުމާއި، އެކިއެކި ޕްރޮމޯޝަންތަކުގައި ބައިވެރިވެވިފައިވާ ކަމަށްބުނެ ބޮޑެތި ކުންފުނި ތަކުގެ ނަމުގައި އާއްމު ރައްޔިތުންނަށް ގުޅައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމާއި ރީލޯޑް އަދި ރާސްޓަސް ކުރުމުގެ މައްސަލަތައް ހުއްޓުވައި، މިފަދަ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.
މަކަރާއި ހީލަތުގެ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ދ. އަތޮޅުގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ