މެމްބަރު ޢަލީ ހުސައިން ކޯޓަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، އަންނަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
މެންބަރު އަލީ ޙުސެއިން އަށް ސުޕްރީމް ކޯޓުން މިއަދު އަލީހުސައިންގެ މައްޗަށް އަމުރުކޮށް އޭނާ އާއި ހަވާލުކުރެވުނު ޗިޓުގައި ވަނީ ، ސުޕްރީމް ކޯޓުގެ ބޭނުމަކަށް މިމަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 13:30 އަށް އެކޯޓަށް ހާޒިރު ވުމަށެވެ. 
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލަމުން ރާއްޖޭގައި މިހާރު ކޮންމެ ރެއަށް ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި، މައްޝޫރު ޤާނޫނީ ވަކީލު އަލީ ޙުސެއިން އަކީ އެންމެ ކުރީ ސަފުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.
އަލީ ޙުސައިން ވަނީ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާކަން ހާމަކޮށް އޭނައާ ހަވާލުކުރެވުނު ކޯޓު އަމުރު ޓްވީޓް ކޮށްފަ އެވެ.
ފަހަކަށް އައިސް އެކި ފަހަރު މަތިން އަލީ ޙުސައިން ފުލުހަށް ވެސް ހާޒިރުކޮށްފައި ވާކަން ފާހަފަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ