ދިވެހި ރާއްޖޭގެ އަމާންކަން ނަގާލަން އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ މުޒާ ހަރާތަކަކީ ހައިޖާނެއްގެ ގޮތުގައި ސިފަ ކުރައްވަވާ މިކަމުން ލިބޭ ގެއްލުންތަކުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެންވަޔަރޮމެންޓް މިނިސްޓަރ، ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ވިޔަފާރިތަކަށް ވިޔަފާރިތަކަށް ދަތިކޮށް، ރާއްޖޭގެ ތަސައްވުރު ހުތުރުކޮށް، ޓޫރިޒަމް ހުއްޓުވާލާ އާއްމުންނަށް އުދަގޫކުރަން އިދިކޮޅުން މިހިންގާ ހައިޖާނުގެ ޒިންމާ ނަންގަވަން ޖެހޭނީ ޤާސިމް އިބްރާހިމް ކަމަށެވެ.
އިއްޔެ އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ނިކުމެ ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ކުރިޔަށް ގެންދިޔަ މިމުޒާހަރާއާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ގިނަ މެންބަރުންނާއި ވަޒީރުން އިދިކޮޅު ފަރާތްތަކަށް ދަނީ ފާޑު ކިޔަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ މިމުޒާހަރާގައި މަދު ބަޔަކު ބައިވެރިވިރު، ޤާސިމް އިބްރާހިމް އިސްވެ ހުންނަވާގެން ފެބްރުއަރީ އެއްވަނަ ސުޕްރީމް ކޯޓުގެ ފަޑިޔާރުން ލައްވާ ހުކުމް ނެރުއްވާގެން ގެންނަވަން އުޅުނު ބަޣާވާތް ކާމިޔާބުވެފައި ނުވާކަމަށް ވިދާޅުވެ ޤާސިމްވަނީ ބަޣާވާތެއް ގެންނަވަން އުޅުއްވި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.
މިހިންގާ ހައިޖާނުގެ ޒިންމާ ނަންގަވަން ޖެހޭނީ ގާސިމް: ތޯރިޤް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ