ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނުވަ ކުށްވެރިޔަކު ދޫކޮށްލަން "އަމުރު ނެރުނީ އަޅުގަނޑުމެން" ކަމަށް ވިދާޅުވެ ގާސިމް އިއްޔެ ވެވަޑައިގެންނެވި އިއުތިރާފާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ޖުމްހޫރީ ޕާޓީން ގާސިމްގެ ވާހަކަފުޅު އޮޅުވާލައިގެން ތަރުޖަމާ ކޮށްދީފިއެވެ.
ގާސިމުގެ އިއުތިރާފު ތަރުޖަމާ ކުރުމަށް ޖުމްހޫރީ ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ސުޕްރީމް ކޯޓުން އެ ހުކުމް ނެރުނީ، ސަރުކާރުން އުފައްދާފައި ހުރި ބޮޑެތި މައްސަލަތަކެއްގެ ހައްލުތަކެއް ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ކަމަށް ގާސިމް މާނަކުރެއްވުމުން އެ ވާހަކަ ޕީޕީއެމް އިން އޮޅުވާލާފައިވާ ކަމަށެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމް ފާހަގަކުރެއްވީ، ތިމަންނާމެންނާ އެއްކޮޅަށް ކަމެއް ނިމުނީމާ، އެކަން ބަލައި ނުގަނެވުނޭ މި (ސަރުކާރުގެ) ބޭފުޅުންނަށް. އަޅުގަނޑު ދަންނަވާނީ ގާސިމް އެ ވިދާޅުވީ، ކޮންމެ ގޮތަކަށް ވިދާޅުވި ކަމުގައި ވި ނަމަވެސް އަޅުގަނޑުމެން ބުރަ މަސައްކަތްކޮށްގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް ހައްލުތަކެއް ގެނެވިއްޖެޔޭ. އެ އަމުރުތަކަށް ތަބާވާން ރައީސް ޔާމީނަށް ކެރިވަޑައިނުގެންނެވި ވާހަކަ" ސަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފެބްރުއަރީ 1 ގައި ހުކުމެއް ނެރުނީމަ ކަމަކު ނުދިޔަ" ކަމަށް ގާސިމް ވިދާޅުވި ޖުމްލައިގެ މާނަ އަކީ އެ އަމުރުތަކަށް ތަބާވާން ރައީސް ޔާމީނަށް ކެރިވަޑައިނުގެންނެވި ވާހަކަ ކަމަށް ސަމީރު ވިދާޅުވި ނަމަވެސް ގާސިމްގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ނަންފުޅު ވެސް ވިދާޅެއް ނުވެއެވެ.
ސަމީރު ވިދާޅުވީ ކޯޓުތަކަށް ގާސިމް އިބްރާހީމް ވެސް އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އަދި އެފަދަ އަމަލެއް އެއިން ފަރާތަކުން ނުވެސް ކުރާނެ ކަމަށެވެ.
އެހެންނަމަވެސް ގާސިމްގެ ވިލާ ކުންފުނިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ މެންބަރަކަށް ވަނީ 2.4 މިލިއަން ޑޮލަރު (36.9 މިލިއަން ދިވެހި ރުފިޔާ) ގެ ލޯނެއް ދީފައެވެ. އެލޯނުގެ ފައިސާ ބޭނުން ކޮށްފައި ވަނީ އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަން ކަށަވަރު ކުރެވޭ ވަރަށް ފުލުހުން މިހާރު ވަނީ ހެކި ހޯދާފައެވެ.
ގާސިމް ދެއްކެވި ވާހަކަފުޅު، އޮޅުވާލައިގެން ޖޭޕީ އިން ތަރުޖަމާކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ