ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރުގެ ވެރިންތަކަކަށް ދައުލަތުން ނެގި ފައިސާ ދައްކަން އަންގައިފި

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ސަރުކާރގެ އިސްވެރިންތަކެއްގެ އަތުން އެ  ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ފަރާތްތަކަކީ އޮޑިޓް ރިޕޯޓްތަކާއި އޭސީސީގެ ތަހުގީގު ރިޕޯޓްތަކުން ދައުލަތުގެ ފައިސާ އެހެން ފަރާތްތަކަށް ދީފައިވާކަން  އެނގޭ ފަރާތްތައް ކަމަށެވެ. އަދި އެ މިނިސްޓްރީން އެ  މަސައްކަތް ފެށީ ދައުލަތުގެ މާލިއްޔާއިން މަދުވާ ފައިސާ ހޯދުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ ކަމަށެވެ.
ދައުލަތަށް ފައިސާ  ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ނަން ހާމަކޮށްފައިވާ ފަރާތްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި ފޮރިންގ މިނިސްޓަރުކަން ކުރެއްވި ޑރ އަހުމަދު ޝަހީދާއި އަހުމަދު ނަސީމު، މާލޭ ސިޓީ ކައުންސިލްގެ ރައީސް މުހައްމަދު ޝިހާބު، އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދު އަދި އޭރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ